ލައިފްސްޓައިލް

ނިޔަފަތީގައި "މާ" ޖެހުމާއި ކެލްސިއަމް މަދުވުމާއި ގުޅުމެއް ނެތް

Feb 3, 2017

ނިޔަފަތީގައި ހުދު ލަފެއް ގޮތަށް އެހެން ގޮތަކަށް ބުނާނަމަ މާ ޖަހާފައި ހުއްޓައި ފެނިއްޖެނަމަ އަބަދުވެސް ޝައްކު ކުރެވޭނީ ކެލްސިއަމް އަށެވެ.

ނަމަވެސް މީހާގެ ހަށިގަނޑުން ކެލްސިމް މަދުވުމުން ދިމާވާ ކަމެއް ކަމަށް ހީވެފައި އޮންނަ އޮތުން ފަހުގެ ދިރާސާއިން މިވަނީ ދޮގުކޮށްފަ އެވެ.

ނޫންނަމަ ނިޔަފަތީގައި މާގިނައިން ކުލަޖެއްސުމުގެ ސަބަބުން ނުވަތަ ފަންގަސް ޖަހައި، ނިޔަފަތި ހަލާކުވެ، ނިަޔަފައްޗަށް އަނިޔާއެއްވުމުން ފަދަ ކަމަކުން ވެސް އެފަދަ މަލެއް ފެނިދާނެ އެވެ. ޑައިޓިޝަން ވިދާޅުވާ ގޮތުގައި ހަށިގަނޑުގައި ޒިންކް ނުވަތަ ބަޔޮޓިން މަދުވިޔަސް އެފަދަ މަލެއް ފެނިދާނެ އެވެ.

ޑާމަޓަލޮޖިސްޓެއް ކަމަށްވާ ޑރ. ޑީއެމް މަހަޖާން ވިދާޅުވާ ގޮތުގައި "ލިއުކޮނީކިއާ" ނުވަތަ މާޖަހާ މައިގަނޑު ސަބަބަކީ ނިޔަފައްޗަށް ނުވަތަ އިނގިއްޔަށް އަނިޔާއެއްވުމެވެ. އެއީ މާކުރީގައި ވެފައިހުރި އަނިޔާއަކާ ހެދި ވެސް އެފަދަ މަލެއް ފެނިދާނެ އެވެ.

އެގޮތުން ދޮރެއް ކަހަލަ ތަނެއްގައި އނގިލި ފިތިގެން ނުވަތަ މީހެއްގެ ގައިގަ ނުވަތަ ތަނެއްގައި މާބާރަށް ޖެހުމުން އިނގިއްޔަށް ތަދު އިހްސާސްވެ ފަހުން އެފަދަ މަލެއް ފެނިދާނެ ކަމަށް ވެއެވެ.

ވީމާ މިއީ ހަމަގައިމު ވެސް ކެލްސިއަމްއާ ދޭތެރޭ ކުރާ ޝައްކަށް ހިތްހަމަޖެހުމެއް ލިބޭނެ ވާހަކައެއްކަން ޔަގީނެވެ.