މޯލްޑިވިއަން އައިޑޮލް

މިރޭ އޮތީ އައްޑޫ އަދި ލާމް އޮޑިޝަން

Feb 3, 2017

މޯލްޑިވިއަން އައިޑޮލް ސީޒަން ދެއެއްގެ ތިންވަނަ އެޕިސޯޑް މިރޭ ދައްކާނެ އެވެ. މި އެޕިސޯޑަކީ އައްޑޫ ސިޓީގައި ބޭއްވި އޮޑިޝަނާއި ލ. ގަމުގައި ބޭއްވި އޮޑިޝަނަށް ހާއްސަ އެޕިސޯޑެވެ.

މިރޭ އެޕިސޯޑް ވެސް ފަށާނީ މިރޭ 10:30 ގަ އެވެ. އެޕިސޯޑްގައި ވަރަށް ތަފާތު މޮޅު ބައިވެރިންގެ ހުނަރު ފެންނާނެ އެވެ. އަދި ބައެއް ބައިވެރިންގެ މަޖާ ނެގުމާއި ޖަޖުންގެ ސަކަރާތް ވެސް މިރޭގެ އެޕިސޯޑުން ފެނިގެންދާނެ އެވެ. އިންތިޒާރުކޮށްލާށެވެ.

މާދަމާ ރޭ ވެސް އައިޑޮލްގެ އެޕިސޯޑެއް ދައްކާނެ އެވެ. އެ އެޕިސޯޑަކީ ހދ. ކުޅުދުއްފުއްޓާއި ބ. އޭދަފުށީ އޮޑިޝަނަށް ހާއްސަ އެޕިސޯޑެވެ.

މިދިޔަ ހަފުތާ ދެއްކި ދެ އެޕިސޯޑްގައި މާލޭ އޮޑިޝަން ދެއްކިއިރު ހުނަރުވެރި ގިނަ ބައިވެރިންތަކެއް ވަނީ ގޯލްޑަން ޓިކެޓް ހާސިލުކޮށް ދެވަނަ ބުރަށް ދަތުރުކޮށްފަ އެވެ.

މޯލްޑިވިއަން އައިޑޮލްގެ ޓައިޓްލް ސްޕޮންސަރަކީ މިފަހަރު ވެސް ދިރާގެވެ. މެއިން ސްޕޮންސަރުންނަކީ އެލައިޑް އިންޝުއަރެންސް އާއި ލޮޓަސް އަދި އެސްޓީއޯ އާއި މޯލްޑިވިއަން އެވެ. ކޯ ސްޕޮންސަރުންނަކީ އަލޯރާ، އީވޯ، އަލް މުދިޝް، ސްނިކާސް، ސިމްޑީ ގްރޫޕް އަދި ވިލާ ކޮލެޖެވެ.

އޮފިޝަލް ބޭންކިން ޕާޓުނަރަކީ ބީއެމްއެލް އެވެ. އޮފިޝަލް ބެވަރޭޖް ޕާޓްނާ އަކީ އެކްސެލް އެވެ. އަދި އޮންލައިން މީޑިއާ ޕާޓްނަރަކީ އަވަސް އެވެ.