ބޮލީވުޑް

ކެޓްރީނާއާއި ސަލްމާން އެއްފުރާޅެއްގެ ދަށަށް

Mar 21, 2015

ބޮލީވުޑްގެ ސުޕަސްޓާރަކަށް ވުމުގެ ކުރިން ކެޓްރީނާ ދިރިއުޅުމުގެ ބޮޑުބައެއް ހޭދަކޮށްފައިވަނީ ލަންޑަންގައެވެ. މިހާރު މުޅި ދިރިއުޅުން އިންޑިޔާއަށް ބަދަލުކޮށްގެން އުމުރުން 17 އަހަރުން ފެށިގެން އާއިލާއާއި ދުރުގައި އުޅޭ ކެޓްރީނާގެ ސްޓެޗޫ އެއް ލަންޑަންގެ މެޑަމް ޓުޝޯޑްސް ވެކްސް މިއުޒިއަމް ގައި ބަހައްޓާގޮތަށް ހަމަޖެހިއްގެ އެވެ.

ބޮލީވުޑްގެ މަޝްހީރުތަރިންގެ ތެރެއިން، އަމީތާބް ބައްޗަން، އައިޝްވާރިޔާ ރާއީ ބައްޗަން، ސަލްމާން ޚާން، ޝާހްރުކް ޚާން، ރިތިކް ރޯޝަން، ކަރީނާ ކަޕޫރު ޚާން އާއި މާދުރީ ޑިކްސިޓް ނެނޭ ގެ ސްޓެޗޫ މިހާރުވެސް މި މިއުޒިޔަމްގައި ވަނީ ބެހެއްޓިފަ އެވެ.

އިންޑިޔާގެ ބައެއް މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުން ކެޓްރީނާގެ ސްޓެޗޫ މި މިއުޒިއަމްގައި ބެހެއްޓުމަށް ހަމަޖެހިފައިވާނީ މިމަހުގެ 27 ވަނަ ދުވަހު އެވެ.

މިހާރު މި މިއުޒިއަމްގައި ބެހެއްޓިފައިވާ ބޮލީވުޑް ތަރިންގެ ސްޓެޗޫތަކުގައި އެމީހުން މާބޮޑު ގޮތަކަށް ޕޯސް ކޮށްގެންނެއް ނުތިބެއެވެ. މިއާ ހިލާފަށް ކެޓްރީނާގެ ސްޓެޗޫ ވަރަށް ތަފާތެވެ. އިންޑިއަން ޓްރެޑިޝަނަލް ފޯލްކް ޑާންސް އެއްގެ ޕޯސްގައި ކެޓްރީނާގެ ސްޓެޗޫ ބެހެއްޓޭއިރު، ފުދޭވަރެއްގެ ބޮޑު ޖާގައެއް ބޭނުންވާނެ ކަމަށްވެ އެވެ. ސަބަބަކީ މި މިއުޒިއަމް އަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ސްލެބްރިޓީންގެ ސްޓެޗޫތަކާއި އެކު ފޮޓޯ ނެގުމުގެ ފުރުސަތު ދިނުމަށެވެ.

މީގެ ކުރިން މި މިއުޒިއަމްގައި ބަހައްޓާނީ ކޮން މަޝްހޫރު ފަރާތެއްގެ ސްޓެޗޫތަކެއްކަން ނިންމަނީ މި މިއުޒިއަމްގެ ފަރާތުންނެވެ. މަދުން ނަމަވެސް، އޮންލައިން ޕޯލް މެދުވެރިކޮށްގެން ވެސް ބައެއް ފަހަރު މަޝްހޫރު ފަރާތްތަކުގެ ސްޓެޗޫ ވަނީ ބަހައްޓާފަ އެވެ. އެގޮތުން ބޭއްވި އޮންލައިން ޕޯލްއިން އެއްވަނަ ލިބުމުން ކެޓްރީނާގެ ސްޓެޗޫ ބަހައްޓަން ނިންމާފައިވާއިރު، ކެޓްރީނާ އަށް އެއްވަނަ ލިބުނީ ސޯޝަލް މީޑިއާގައި ވަރަށް މަޝްހޫރު ބޮލީވުޑްގެ ދެތަރިން ވައްޓާލުމަށްފަހު އެވެ.

ލަންޑަންގެ ރައްޔިތަކަށްވެ، މި މިއުޒިއަމްގައި ކެޓްރީނާގެ ސްޓެޗޫ ބަހައްޓާގޮތަށް ނިންމުމާ ގުޅިގެން ކެޓްރިނާ ބުނީ، މިއީ ދުވަހަކުވެސް އުއްމީދުކުރި ކަމެއް ނޫންކަމަށާއި، ލަންޑަންގެ މިފަދަ ތަނެއްގައި ބޮލީވިޑްގެ މަޝްހޫރު ތަރިންތަކަކާއެކު އޭނާގެ ސްޓެޗޫ ބަހައްޓާކަން އެނގުމުން ވަރަށް އުފާވިކަމަށެވެ.

މިވަގުތު މި މިއުޒިއަމްގައި ބެހެއްޓިފަވާ އިންޑިއާ ތަރިންތަކުގެ ތެރެއިން ކެޓްރީނާއަށް އެންމެ ކަމުދަނީ ކޮން ސްޓެޗޫއެއްތޯ އެހުމުން ކެޓްރީނާ ބުނީ އޭނައަށް އެންމެ ކަމުދަނީ ކުރީގެ މަޝްހޫރު ކްރިކެޓް ކުޅުން ތެރިޔާ ސަޗިން ޓެންޑުލްކަރްގެ ސްޓެޗޫ ކަމަށެވެ.