ސިވިލްސާވިސް ކޮމިޝަން

ދެ މިނިސްޓްރީއަކަށް ޕާމަނަންޓް ސެކްރެޓަރީން ހޯދަނީ

Feb 3, 2017
1

ފޮރިން މިނިސްޓްރީ އާއި ފިނޭންސް މިިނިސްޓްރީ އަށް ޕާމަނަންޓް ސެކްރެޓަރީން ހޯދަން އިއުލާންކޮށްފި އެވެ.

ސިވިލްސާވިސް ކޮމިޝަނުން ވަކި ވަކިން ކޮށްފައިވާ ދެ އިއުލާނުގައި ބުނަނީ ސިވިލް ސާވިސްގެ ގާނޫނައި ސިވިލް ސާވިސްގެ ގަވާއިދުގެ 29 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ފިނޭންސް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީއަށް ޕާމަނަންޓް ސެކްރެޓަރީން ހަމަޖެއްސުމަށް ބޭނުންވާތީ އެ މަގާމަށް ޝައުޤުވެރިވާ ފަރާތްތަކުން ކުރިމަތިލާން ހުޅުވާލާ ކަމަށެވެ. އަދި ކޮމިޝަނުން އެކުލަވައިލާ އުސޫލެއްގެ ދަށުން، އެ މަގާމަށް ހޮވޭ ފަރާތް، މަޤާމުގެ މުއްދަތުގައި އެއް އޮފީހުން އަނެއް އޮފީހަށް ދައުރުކުރުމުގެ އިޚްތިޔާރު ކޮމިޝަނަށް ލިބިގެންވާ ކަމަށެވެ.

މަގާމުގެ ޝަރުތު

  • ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުން
  • ސަރުކާރު، ޕަބްލިކް، ޕްރައިވެޓް، ގައުމީ ނުވަތަ ބައިނަލްއަގާވާމީ ޖަމިއްޔާ، ޖަމާއަތެއްގެ ހިންގުމުގެ ދާއިރާގައި ހަ އަހަރުގެ ތަޖުރިބާ

މުސާރައާއި އިނާޔަތްތައް

  • މުސާރަ: މަހަކު، 20،500 ރުފިޔާ
  • ލިވިންއެލެވަންސް: މަހަކު، 15،000 ރުފިޔާ

ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް ޝައުގުވެރިވާ ފަރާތްތައް ލިޔުންތައް ފެބުރުއަރީ 16 ވަނަ ދުވަހުގެ ކުރިން ކޮމިޝަނުގެ އިދާރާއަށް ހުށަހަޅަންޖެހެ