ބޮލީވުޑް

ރަންބީރު "ބޮމްބޭ ވެލްވެޓް" ޕްރޮމޯޓް ނުކުރާނެތަ؟

Mar 19, 2015

މދިޔަ އަހަރު ބޮލީވުޑްގެ މަޝްހޫރު ބަތަލް ރަންބީރު ކަޕޫރުގެ އެންމެ ފިލްމެއްވެސް ރިލީޒެއް ނުވެއެވެ. އެހެންކަމުން ވޭތުވެދިޔަ އަހަރު ވެގެންދިޔައީ ރަންބީރުގެ ކެރިއަރުގެ އެންމެ ދަށް އަހަރަށެވެ.

މިދިޔަ އަހަރު ރިލީޒްކުރަމަށް ހަމަޖެހިފައި އޮތް ރަންބީރުގެ ފިލްމު "ބޮމްބޭ ވެލެވެޓް" މިއަހަރު ރިލީޒް ކުރާގޮތަށް ހަމަޖެހުމުން ރަންބީރު ހުރީ އެކަމާ ވަރަށް ހިތްހަމަނުޖެހިފަ އެވެ.

މޭ 15 ގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ މިފިލްމުގެ އެއްވެސް ޕޮރޮމޯޝަން އިވެންޓެއްގައި ރަންބީރު ބައިވެރިނުވެދާނެތީ ފިލްމުގެ ޑައިރެކްޓަރު އަނޫރާގް ކަޝްޔަޕް ކަންބޮޑުވެގެން އުޅޭ ކަމަށް އިންޑިޔާގެ ނޫސްތަކުން ހަބަރު ފަތުރަން ފަށަފި އެވެ.

ރަންބީރު ބައިވެރިވި ޕްރެސް ކޮނަފަރެންސް އެއްގައި މީޑިޔާއިން ރަންބީރުގެ ޒާތީ ދިރިއުޅުމާއި ބެހޭގޮތުން ސުވާލުކުރުމުން، އޭނާ ވަނީ ޕްރެސްކޮންފަރެންސް ދޫކޮށް އެތަނުން ގޮސްފަ އެވެ. ރަންބީރުގެ މި އަމަލާ ގުޅުގެން ފިލްމުގެ ޑައިރެކްޓަރު އަނޫރާގް ކަޝްޔަޕް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މީގެ އިތުރުން ރަންބީރު ވަނީ ފިލްމު އުފެއްދި ފަރާތުގައި ފިލްމު ޕްރޮމޯޓްކުރުމަށް އޭނާ އެއްވެސް ޕްރެސް ކޮންފަރެންސްއެއްގައި ބައިވެރި ނުވާނެ ކަމަށް ބުނެފަ އެވެ. އަދި އެއްވެސް އިވެންޓެއްގައިވެސް ބައިވެރިވާނީ އޭނާގެ ޒާތީ ކަންކަމާ ބެހޭގޮތުން ކުރާ އެއްވެސް ސުވާލަކަށް އޭނާ ޖަވާބު ނުދޭނެ ކަމަށްވެސް ރަންބީރު ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ރަންބީރު ވަނީ ފިލްމު އުފައްދާ ފަރާތުން އިވެންޓްތަކަށް އަންނަ މީޑިއާ އަށް ރަނގަޅަށް އިރުޝާދު ދީ، ފިލްމާ ނުގުޅޭ އެއްވެސް ސުވާލެއް ނުކުރުމަށް އެދުމަށެވެ.

ކޮންމެ ގޮތެއްވިޔަސް ރަންބީރުގެ މި ހަރަކާތުން އަސަރެއްކޮށްފާނެތީ ފިލްމުގެ ޑައިރެކްޓަރު އާނޫރާގް ހުރީ އިންތިހާޔަށް ކަންބޮޑުވެފަ އެވެ.

ބޮޑު ބަޖެޓްއަކުން އުފައްދާފައިވާ މި ފިލްމް ރިލީޒްކުރުން އެއްފަހަރު ލަސްކޮށްފައިވާއިރު، މިވަގުތު މި ފިލްމަށް ވަރަށް ބޮޑު ޕަބްލިސިޓީއެއް ބޭނުންވާއިރު ރަންބީރުގެ މިހަރަކާތުން ފިލްމަށް ނޭދެވޭ އަސަރުކުރުން ވަރަށް ގާތެވެ.ރަންބީރުއަކީ މީޑިއާ އާއި ދުރުން އުޅޭ އެކްޓަރަކަށް ވެފައި، ފިލްމާ ބެހޭގޮތުން ރަންބީރު މީޑިއާ އާއި ވާހަކަ ދައްކަނީ ފިލްމުގެ ޕޮރޮމޯޝަން ދުވަސްވަރު އެކަންޏެވެ.

ރަންބީރަށް ވުރެން ބޮޑެތި ތަރިންނާވެސް މީޑިއާއިން ޒާތީ ދިރިއުޅުމާއި ބެހޭގޮތުން ސުވާލުތައް ކުރާއިރު، މީގެ ތެރެއިން އެއްވެސް ތަރިއެއް މިފަދަ ގޮތަކަށް އަމަލުކޮށްފައެއްނުވެ އެވެ.މީގެ ކުރިން އެއްވެސް އެކްޓަރެއް މީޑިއާއިން ކުރަން ޖެހޭނީ ކޮންކަހަލަ ސުވާލުތަކެއް ތޯވެސް ބުނެފައެއްނުވެ އެވެ.

މަޝްހޫރު ފަރާތްތަކުން އެމީހުންގެ ޕާސަނަލް ލައިފް އާއި ބެހޭގޮތުން ވާހަކަ ދައްކަން ބޭނުންނުވާ އިރުވެސް، އާންމުން އެމީހުންގެ ފިލްމުތަކަށްވުރެން ޒާތީ ދިރިއުޅުމުގެ ކަންތައް އެނގެން ބޭނުންވެ އެވެ.