ލައިފްސްޓައިލް

ސިއްހަތަށް ފައިދާ ހުރި ކޯކް އަލުން ނެރެނީ

Feb 6, 2017

ޑައިޓް ކޯކް، ކޯކް ޒީރޯ، ކޯކް ލައިފް، މިއީ ހައްތަހާވެސް ކޮކާ ކޯލާގެ ބާވަތްތަކެވެ. ކޮކާ ކޯލާ އަކީ ސިއްހަތަށް ފައިދާހުރި ބުއިމަކަށް ހެދުމަށް ބާޒާރަށް ނެރެފައިވާ ކޯކުގެ އެކި ބާވަތްތަކެކެވެ. މި ލިސްޓަށް އަނެއްކާ މިވަނީ އާ ބާވަތެއް އިތުރު ކޮށްފަ އެވެ. މި ފަހަރު ކޮކާ ކޯލާ ޕްލަސް އެވެ.

ކޯކާ ކޯލާ ޕްލަސް އުފްއްދާފައިވަނީ އޭގައި ފައިދާ ހިމެނޭ ގޮތަށެވެ. އަދި އެއީ ހަކުުރު އަދި ކެލޮރީ ފްރީ އެއްޗެކެވެ. ކޯކާ ކޯލާ ޕްލަސް ބާޒާރަށް ނެރޭނީ މާޗް މަހުގެ ތެރޭގަ އެވެ. ނަމަވެސް އެއީ ހަމައެކަނި ޖަޕާނުގަ އެވެ.

ކޮކާ ކޯލާ ޕްލަސް މިދިޔަ އަހަރުވެސް ވަނީ ލޯންޗުކޮށްފަ އެވެ. ނަމަވެސް އެކި އެކި ސަބަބު ތަކާއި ހުރެ ކޮކާ ކޯލާ ޕްލަސް ވަނީ ވިއްކުން ހުއްޓާލާ އަލުން އަނބުރާ ނަގާފަ އެވެ.

ކޮކާ ކޯލާ ޕްލަސް ކެއުމުގައި ޖޫހެއްގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅު ބާވަތް ކަމަށެވެ އެވެ. އެއީ ކާނާގައި ހުންނަ ފެޓް ހަށިގަނޑަށް އެބްޒޯބް ކުރާ މިންވަރު މަދުކޮށްދޭ ބާވަތަކަށް ވާތީ އެވެ. އަދި އެއީ ލޭގައި ފެޓީ އެސިޑް ހުންނަ މިންވަރު ކޮންޓްރޯލް ކޮށްދޭތީ އެވެ. އަދި ދުވާލެއްގެ މައްޗަށް އެންމެ ގިނަވެގެން ކޮކާ ކޯލާ ޕްލަސް ފުޅިއެއް ބުއިން އެންމެ ރަނގަޅު ކަމަށްވެސްވެ އެވެ.

ކޮކާ ކޯލާ ޕްލަސް އަކީ އުމުރުން 40 އަހަރުން މަތީގެ ފަރާތްތަކަށް ހާއްސަކޮށް އުފައްދާފައިވާ ބާވަތެކެވެ.