މޫނުގައި ބިހިނެގުމަކީ އާންމުކޮށް އެންމެ ގިނަ ބަޔަކަށް ކުރިމަތިވާ ހަމުގެ މައްސަލަ އެވެ. ހާއްސަކޮށް މޫނުގައި ބިހި ނެގުމަކީ ދެ ޖިންސްގެ މީހުންނަށް ވެސް ދިމާވާ އެންމެ ފޫހިވާ އެއް މައްސަލަ އެވެ.
ނަމަވެސް ގިނަ ފަހަރަށް މޫނުގައި ބިހިނަގަން ދިމާވަނީ އަމިއްލަ ލައިފް ސްޓައިލްގެ ސަބަބުންނެވެ.
ހާއްސަކޮށް ކެއުމުގެ އާދައަކީ މޫނުގައި ބިހިނަގަން ދިމާވާ އެންމެ ބޮޑު އެއް ސަބަބެވެ. އަދި ބައެއް ފަހަރަށް ބިހިފިލާނެ ކަމަށް މީހުން ބުނާ ކޮންެމެ އެއްޗެއް އުނގުޅި ނަމަވެސް ނުފިލާ އިތުރަށް މޫނުގައި ބިހި ނަގަން ދިމާވަނީ ވެސް ކެއުމުގެ އާދަކާދައިގެ ސަބަބުންނެވެ.
ހާއްސަކޮށް ކެއުމުގެ އާދައަކީ މޫނުގައި ބިހިނަގަން ދިމާވާ އެންމެ ބޮޑު އެއް ސަބަބެވެ. އަދި ބައެއް ފަހަރަށް ބިހިފިލާނެ ކަމަށް މީހުން ބުނާ ކޮންެމެ އެއްޗެއް އުނގުޅި ނަމަވެސް ނުފިލާ އިތުރަށް މޫނުގައި ބިހި ނަގަން ދިމާވަނީ ވެސް ކެއުމުގެ އާދަކާދައިގެ ސަބަބުންނެވެ.
އެގޮތުން ބިހިން ސަލާމަތްވެ ރީތި އުޖާލާ މޫނެއްގެ ވެރިއަކަށް ވުމަށް ފުރަތަމަ ވެސް ތި ގެންގުޅޭ ކެއުމުގެ އާދައަށް ބަދަލު ގެންނާށެވެ.
ހަށިގަނޑުގެ އެތެރެ ސާފުކުރުން
ބިހިނެގުމުން ސަލާމަތް ނުވެވިގެން އުޅޭނަމަ، ގިނައިން ފެންބޯށެވެ. 10-12 ތަށި ފެން ކޮންމެ ދުވަހަކު ވެސް ބޯން އާދަކުރާށެވެ. މިއީ ރީތި އުޖާލާ ހަމަކަށް ވަރަށް މުހިންމު ކަމެކެވެ. އަދި ފެހި ކުލަގަދަ ފަތާއި ތަރުކާރީ ކެއުމުގައި ގިނަ ކުރާށެވެ. މީގެ އިތުރުން ވެސް ދަޅުގައި ބަންދުކޮށްފައި ހުންނަ ބުއިންތައް ބުއިމުގެ ބަދަލުގައި ތާޒާ މޭވާގެ ޖޫސްތައް ބޯން އާދަކުރާށެވެ. މިއީ ހަށިގަނޑުގެ އެތެރޭގައި ހުރި ވިހަތައް ސާފުކޮށްދޭނެ ކަމެކެވެ.
ދޫކޮށްލަންވީ ކާނާ
ކިތަންމެ މީރަސް ހަށިގަނޑަށް ފައިދާ ނުކުރާ ގެއްލުން ހުރި ކާނާގެ ބާވަތްތައް ދޫކޮށްލަން ޖެހެ އެވެ. ހާއްސަކޮށް މޫނުގައި ބިހިނަގައި ހަދާނަމަ މިފަދަ ކާނާތަކާ ދުރުވާން ޖެހެ އެވެ. ހާއްސަކޮށް ރަތްކޮށް ހުންނަ އެއްގަމު މަހަކީ ހަށިގަނޑަށް ގެއްލުން ހުރި މެހެކެވެ. އޭގެ ބަދަލުގައި ކަނޑުމަހާއި ކުކުޅު ކެއުމުގައި ހިމަނާށެވެ. އަދި މާގިނައިން ހަކުރު އެކުލެވޭ ކާނާ ކެއުމާއި ވެސް ދުރުހެލިވާށެވެ. ހާއްސަކޮށް ހަކުރު ގިނައިން އަޅާފައި ހުންނަ ފިޒީ ބުއިންތަކަކީ ވެސް މީހާގެ އެތެރެއަށް ހައްޓަށް ގެއްލުން ހުރި ފަދައިން ހަމަށް ވެސް ގެއްލުން ހުރި އެއްޗެކެވެ.
ކޮންމެ ދުވަހަކު ވެސް މޫނު ދޮވުން
ކޮންމެ ދުވަހަކު ވެސް މޫނު ރަނގަޅަށް ދޮވެ ސާފު ކުރަން އާދަކުރާށެވެ. ހާއްސަކޮށް ތެޔޮވާ މޫނުތަކުގައި ބިހިނަގާލެއް ފަސޭހަ ވާނެ އެވެ. އެހެން ކަމުން އަބަދުވެސް މޫނު ދޮވުމަށްފަހު މޫނާއި ގުޅޭ ރަނގަޅު ޓޯނާއަކުން ސާފުކުރަން އާދަކުރަންވާނެ އެވެ. މިއީ ބްލެކްހެޑްސް އިން ވެސް ސަލާމަތްވާން ކުރަންޖެހޭ ކަމެކެވެ.
ގުދުރަތީ ފޭސް މާސްކް
އެއްވެސް ކަހަލަ ކެމިކަލް ނުހުންނަ ގުދުރަތީ އެއްޗިއްސަކީ މޫނަށް ވެސް އެންމެ ފައިދާ ކުރާނެ އެއްޗިއްސެވެ. ހާއްސަކޮށް މޫނުގައި ބިހިނަގާ ހަން ކުރަކިވުން ފަދަ މައްސަލައާ ކުރިމަތިވާނަމަ ގުދުރަތީ އެއްޗަކުން ފަރުވާ ކުރަން އާދަކުރާށެވެ. ސަބަބަކީ އޭގެން ހަމަށް އެއްވެސް ކަހަލަ ގެއްލުމެއް ނުލިބޭނެތީ އެވެ. އެގޮތުން ގުދުރަތީ އެއްޗަކުން ބިއްސައް ފަރުވާ ކުރަން ކެލާ އަދި ރޯސްވޯޓާ އަކީ އެއްވަނަ އެވެ. ކެލާ އަދި ރޯސް ވޯޓާ އެއްކޮށްގެން ތައްޔާރު ކުރާ މާސްކް ހަފްތާ އަކު ތިން ފަހަރު ބޭނުންކުރުމުން އޭގެ ނަތީޖާ އަވަށް ފެންނަން ފަށާނެ އެވެ. މިއީ މޫނުގެ ހަން އުޖާލާކޮށް އޮމާން ވެސް ކޮށްދޭ ފޭސްޕެކެކެވެ.
ބިހިނުފެޅުން
މިއީ ނުކޮށް ހުންނަ ވަރަށް އުނދަގޫ ކަމެކެވެ. މޫނުގައި ބިއްސެއް ޖަހާފައި އިންނަތަން ފެންނައިރަށް ގިނަ ފަހަރަށް ނުހުރެވިގެން ފަޅާލެވޭނެ އެވެ. ނަމަވެސް ގިނަ ފަހަރަށް ވާގޮތަކީ މީގެ ސަބަބުން މޫނުގައި އިތުރަށް ބިހިނަގަން މެދުވެރި ވުމެވެ. މީގެ ބަދަލުގައި ހަފްތާ އަކު ދެ ފަހަރު ގުދުރަތީ އެއްޗެއް ބޭނުންކޮށްގެން މޫނު ރަނގަޅަށް ސްކްރަބް ކުރާށެވެ. އެގޮތުން ހަކުރާއި ކޮފީ އަދި ކުޑަ ކާށިތެޔޮ ފޮދެއް އެއްކޮލުމަށްފަހު ސްކްރަބެއް ތައްޔާރު ކޮށްލެވިދާނެ އެވެ. ސްކްރަބް ކުރާއިރު ވެސް މޫނުމަތީގައި މާބާރަށް ސްކްރަބް ނުކުރާށެވެ. އަދި ސްކްރަބްކޮށް ނިމުމުން ރަނގަޅު މޮއިސްޗަރައިޒާއެއް ބޭނުން ކުރަން އާދަކުރަންވާނެ އެވެ.