އުމުރުން ދުވަސްވާ ވަރުން މޫނުމައްޗާއި ކަރު ދަށުގައި އުފެދޭ ރޫތައް ނައްތާލަން މަސައްކަތް ކުރާ މީހުން ނިކަން ގިނަ އެވެ. ޑޮކްޓަރު ބޭހުގެ އިތުރުން ގޭގައިވެސް ގިނަ ވައްތަރު ވައްތަރުގެ ފަރުވާ ކުރެ އެވެ. ކިތަންމެ ގިނަ ފަރުވާތަކެއް ކުރި ނަމަވެސް އުމުރުން 50 އިން މައްޗަށް ދިއުމުން އެ ރޫތައް ފިލުވާލެވޭ ގޮތް ގިނަ މީހުންނަށް ނުވެ އެވެ.
އެކަމަކު ޗައިނާގެ މި މޮޑެލް ތަފާތެވެ. އުމުރުން 50 އަހަރުން މަތިވެފައިވާ ކޭންޑީ ލޯ ބަލާބެލުމަށް 21 ވަރަކަށް އަހަރުގެ ޒުވާން އަންހެން ކުއްޖެކޭ ތަފާތެއް ނެތެވެ. ހަންގަނޑުގައި ރޫ ޖެހި މުސްކުޅި ކަމުގެ އެއްވެސް ނިޝާނެއް ބޭރުން ފެންނާކަށް ނެތެވެ.
ކޭންޑީ ބުނަނީ ޒުވާން ކަމުގައި ދެމި ހުރުމަށް އޭނާ ބޭނުންކުރަނީ ވަރަށް އާދައިގެ އެއްޗެހި ބޭނުންކޮށްގެން ގޭގައި އުފައްދާ މާސްކެއް ކަމަށެވެ. ރޭގަނޑު ނިދުމުގެ ކުރިން އެ މާސްކު އޭނާ ބޭނުންކުރާ ކަމަށްވެ އެވެ.
މި މާސްކު ތައްޔާރު ކުރަން މާގިނަ އެއްޗެއްސެއް ބޭނުމެއް ނުވެ އެވެ. މި މާސްކު ތައްޔާރު ކުރުމަށް ބޭނުންވާ ތަކެތި:
- 100 އެމް އެލް ފެން
- އެއް މޭޒުމަތީ ސައިސަމްސާ ކޯން ސްޓާޗް
- ފަސް މޭޒުމަތީ ސަމްސާ ކެރެޓު ޖޫސް (ތާޒާ)
- އެއް މޭޒުމަތީ ސަމްސާ ލޯ ފެޓް ކްރީމް
މި މާސްކު ތައްޔާރު ކުރުމަށް އެންމެ ފުރަތަމަ ފެން ފޮދު ގެ ތެރެއަށް ކޯން ސްޓާޗްކޮޅު އެއްކޮށްލުމަށްފަހު ރަނގަޅަށް މިކްސް ކޮށްލާށެވެ. ދެން ޕޭސްޓް ގަނޑެއް ތައްޔާރުވަންދެން ހޫނު ކޮށްލާށެވެ. ރަނގަޅަށް އެއްކޮށްލާ ޕޭސްޓް ތައްޔާރު ކޮށްލުމަށްފަހު ހިހޫ ކޮށްލަން ކުޑަ ވަގުތުކޮޅު ބަހައްޓާލާށެެވެ. ޕޭސްޓް ގަނޑު ހިހޫ ވުމުން ކެރެޓް ޖޫސް އަދި ކްރީމް ރަނގަޅު އަޅާ ރަނގަޅަށް މިކްސް ކޮށްލާށެވެ. އެއަށްފަހު މޫނު ރީތިކޮށް ދޮވެ ސާފުކޮށްލުމަށްފަހު މި ކްރީމް ގަނޑު ނުވަތަ ޕޭސްޓް ގަނޑު މޫނުގައި އުނގުޅާށެވެ. މި ޕޭސްޓްގަނޑު މޫނުގައި އުނގުޅުމަށްފަހު 30 މިނެޓް ވަންދެން ބެހެއްޓުމަށްފަހު ތާފަނާ ފެނުން މޫނު ދޮންނާށެވެ. ކޭންޑީ ބޭނުންކުރާ ފޭސް މާސްކް އަކީ މިއީ އެވެ. މި ފޭސް މާސްކް ހަފްތާއަކު 2 - 5 ފަހަރު ބޭނުން ކުރެވޭނެ އެވެ.