އިޒްރޭލް

ޔަހޫދީ އާބާދީތައް ހުއްދަކުރާ ގާނޫނެއް އިޒުރޭލުން ފާސްކޮށްފި

Feb 7, 2017

އިޒުރޭލުން ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ގަވައިދާ ހިލާފަށް ގަދަ ބާރުން ބިނާކޮށްފައިވާ ޔަހޫދީ އާބާދީތަކަށް ހުއްދަ ލިބޭ ގޮތަށް އިޒުރޭލުގެ ގާނޫނު ހަދާ މަޖިލީހުން ގާނޫނެއް ފާސްކޮށްފި އެވެ.

ހުޅަނގު އައްސޭރީގައި އަޅާފައިވާ 4000 ގެއަށް އެ ގާނޫނުން ހުއްދަ ލިބިގެން ދާނެއެވެ. އެ ގާނޫނު ފާސް ކުރުމަށް އިޒުރޭލުގެ ޕާލަމެންޓްގެ 60 މެމްބަރުން ވޯޓް ދިން އިރު އެ ގާނޫނާ ދެކޮޅަށް ވޯޓް ދިނީ 52 މެމްބަރުންނެވެ.

އިޒުރޭލުން ފާސްކުރި އާ ގާނޫނު ބުނާ ގޮތުގައި ގަވައިދާ ހިލާފަށް ގެތައް އަޅާފައިވާ ބިންތަކުގެ ވެރި ފަލަސްތީނީންނަށް ބަދަލުގެ ގޮތުގައި ބިމެއް ނުވަތަ ފައިސާ ދެވިދާނެ އެވެ. އިޒުރޭލުގެ އެ ނިންމުމާ ދެކޮޅަށް ފިޔަވަޅު އަޅައި ދިނުމަށް ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްގެ ތަރުޖަމާނު ނަބީލު އަބޫ ރުދައިނާ ވަނީ ގޮވައިލައްވާފަ އެވެ.

އިޒުރޭލުން 1967 ވަނަ އަހަރު ހިފި ހުޅަނގު އައްސޭރީގެ ބިންތަކުގައި ބައިނަލް އަގުވާމީ ހުރިހާ ގާނޫނަކާ ހިލާފަށް ބިނާކޮށްފައިވާ 140 އާބާދީގައި 600 ޔަހޫދީން ދިރިއުޅެ އެވެ.