ކުޅިވަރު

ކަސިއަސް ކުރީގެ ފޯމަށް، ޔޫރަޕްގެ އެއް ވަނައިގައި

Feb 7, 2017

ޕޯޗްގަލްގެ އެފްސީ ޕޯޓޯ އަށް ކުޅެމުންދާ، ރެއާލް މެޑްރިޑާއި ސްޕެއިންގެ ކުރީގެ ކެޕްޓަން ގޯލްކީޕަރު އިކާ ކަސިއަސް، އޭނާގެ ކުރީގެ ޖާދޫ، ޕޯޓޯ ގައި ދައްކާލައިފި އެވެ.

ޕޯޗްގަލްގެ ލީގްގައި، މިހާތަނަށް ކުޅުނު 20 މެޗުގެ ތެރެއިން ކަސިއަސް ކޮޅަށް ވަދެފައި ވަނީ 11 ލަނޑެވެ. މިއީ ޔޫރަޕްގެ ޓޮޕް ޑިވިޝަންގެ ރެކޯޑެކެވެ. އަދި ލީގްގައި ޕޯޓޯ ބަލިވެފައި ވަނީ އެންމެ މެޗަކުން ނެވެ. އެ ޓީމު އޮތީ ތާވަލުގެ އެއް ވަނައިގައި އޮތް ވާދަވެރި ބެންފީކާ އަށް އަށް ވުރެ އެއް ޕޮއިންޓް މަދުން ލިބިގެން ތާވަލުގެ ދެ ވަނައިގަ އެވެ.

ސްޕޯޓިން ލިސްބަން އަތުން 2-1 މޮޅުވި މެޗުގައި ކަސިއަސް ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. އެ މެޗަށް ފަހު ވާހަކަ ދައްކަމުން ލިސްބަން ގެ ކޯޗް ޖޯޖޯ ޖީސަސް ވަނީ ކަސިއަސް އަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފަ އެވެ. އޭނާ ބުނީ މެޗުން މޮޅުވީ ކަސިއަސް ކަމަށާއި، ޕޯޓޯ މޮޅު ކޮށްދިނީ ކަސިއަސް ކަމަށެވެ.

ރެއާލް މެޑްރިޑްގައި ދެހާސް ނުވަ ވަނަ އަހަރު ކުރިމަތިވި އިންޖަރީ އަށް ފަހު، އޭނާގެ އަސްލު ފޯމު ނުފެންނަތާ ދެތިން ސީޒަނެއް ވަނީ ފާއިތު ވެގެން ގޮސްފަ އެވެ. އޭނާގެ ތަޖުރިބާ އާއި ހުނަރު ފައިދާ ޕޯޓޯ ޓީމުން ދަނީ ވަރަށް ރަނގަޅަށް ބޭނުން ކުރަމުން ނެވެ.

މިސީޒަންގައި އޭނާ ކޮޅަށް ވަދެފައި ވަނީ މެޗެއްގައި 0.55 ލަނޑެވެ. މިއީ ޔޫރަޕްގެ ވަރުގަދަ އެހެން ޓީމުތަކަށް ވުރެ ބޮޑު ކުރިއެރުމެ ކެވެ.