ހަބަރު

ޓެކްނިކަލް މައްސަލައެއްގައި ޔޫކޭގެ ވައިގެ ސަރަހައްދު ބަންދު ކުރުމުން ދަތުރުތަކަށް ބުރޫ އަރައިފި

Dec 12, 2014

އިނގިރޭސިވިލާތުގެ އެއާ ޓްރެފިކް ކޮންޓްރޯލް ސެންޓަރަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އެ ގައުމުގެ ވައިގެ ސަރަހައްދަށް ވަނުން މިއަދު ކޮންޓްރޯލް ކުރުމުން ވައިގެ މަގުން ދަތުރުކުރާ ގިނަ ފްލައިޓްތަކަށް ބުރޫ އަރައިފި އެވެ.

އެ ހާދިސާއާ ގުޅިގެން ބައެއް އެއާޕޯޓްތަކުން ބައެއް ފްލައިޓްތައް ޑިލޭކޮށް، އަދިކެންސަލް ކުރިއިރު ބައެއް އެއާޕޯޓްތަކަށް ޖައްސަން އައި ފްލައިޓްތައް އަނބުރާ ވެސް ފޮނުވާލި އެވެ. އެކަމާ ހެދި ބައެއް އެއާޕޯޓްތައް ފުރި ބާރުވި ނަމަވެސް ފަހުން އެ މައްސަލަ ހައްލު ކުރުމާ އެކު ބައެއް އެއާޕޯޓްތަކުން މިހާރު ކުރިއެކޭ ވެސް އެގޮތަށް ދަތުރުތައް ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް ވައިގެ ސަރަހައްދުގެ ކޮންޓްރޯލް ސެންޓަރަށް ދިމާވި އެ މައްސަލައާ ގުޅިގެން އެ ގައުމުގެ ވައިގެ ދަތުރުފަތުރަށް ބޮޑު ބުރުލެއް އެރި އެވެ.