ލައިފްސްޓައިލް

ޕެރިސް އަށް ނުދެވުނަސް "މޮން ޕެރީ" ލިބިދާނެ

Feb 11, 2017

ފްރާންސްގެ ވެރިރަށް، ޕެރިސް އަކީ ލޯބިވެރިންގެ ސިޓީ އެވެ. މޮން ޕެރީ ސެންޓަކީ ވެސް އެފަދަ ލޯބިވެރިންނަށް ހާއްސަ ކޮށްގެން ނެރެފައިވާ ސެންޓެކެވެ. އީވްސެއިން ލޯރެން މިފަހަރު ނެރުނު އަންހެން ސެންޓަކީ ލޯބިވެރިއަކަށް ދޭން އެންމެ ފައްކާ އެއް ހަދިޔާ އެވެ.

ހިތްގައިމު ފޮނި މީރުވަހެއް ހުންނަ މި ސެންޓް މިހާރު "ލެޕާފިއުމް" ފިހާރައިން ލިބެން އެބަހުއްޓެވެ. ފިހާރައަށް ގޮސް ސެންޓުގެ ވަސްވެސް ބަލާލެވިދާނެ އެވެ. ފިހާރައަށް ދާން އުނދަގޫ ނަމަ އެ މީހުންގެ އޮންލައިން ފިހާރަ، leperfume.mv މެދުވެރިކޮށް އޮންލައިންކޮށް ސެންޓް ގަނެލެވިދާނެ އެވެ.

ސެންޓުގެ ވަހާ އެއްވަރަށް މިއީ ބަލާލަން ވެސް ރީތި ގޮތަކަށް ފަރުމާ ކޮށްފައިވާ ފުޅިއެކެވެ. އެންމެ ފަހުގެ މީރުވަސް ދުވާ ސެންޓެއް އިޚުތިޔާރު ކުރަން ބޭނުންވާ ކުދިންނަށް މިއީ ރަނގަޅު ޗޮއިސް އެކެވެ.

ސްޓޯބެރީ އާއި ރާސްބެރީ، ޕިއާސް، ބޮޑުލުނބޯ، އޮރެންޖް، ޓެންގަރިން އަދި ކެލޮން އަކީ މި ސެންޓުގެ އެންމެ ވަރުގަދަ ވަސް ދުވާ ނޫނީ، ޓޮޕް ނޯޓްތަކެވެ. މިޑްލް ނޯޓްސް ތަކުގެ ތެރޭ ހިމެނެނީ ދަތުރާ، ޕޯނީ، އޮރެންޖް ބްލަސަމް، ޗައިނީސް ޖޭސްމިން އަދި ޖޭސްމިން ސެމްބެކް އެވެ. ބޭސް ނޯޓްސް ތަކަކީ އިންޑޮނޭޝިއަން ޕަޗޯޅި ލީފް އާއި މޮސް، ވައިޓް މަސްކް، އެމްބްރޮސަން، ޕަޗޯޅި، ސެޑަރ އަދި ވެނީލާ އެވެ.