ވިޔަފާރި

އެކްސެލް ދަޅަކުން ޝިރުހާނާ ދުބާއީއަށް ކުރި އަލަތު ދަތުރު ނިމުމަކަށް

އަށްސަތޭކަ އަށާވީސް މީޓަރު އުސް "ބުރްޖް ހަލީފާ"ގެ ބޮންތީގައި ތިބެ ނެގި ސެލްފީއަކީ މިހާތަނަށް ހައްވާ ޝިރުހާނާއަށް ނެގުނު އެންމެ "ސަޅި" ސެލްފީ އެވެ. އެ އިމާރާތުގެ އެންމެ އުހަށް އަރައި، އޭނާގެ ހުވަފެނީ ސަހަރު ލޯބިވާ މަންމައާ އެކު ބަލާލަން ލިބުނު ވަގުތު އަދިވެސް ސިފަވަނީ ރީތި ހުވަފެނެއްގެ ގޮތުގަ އެވެ. ދުބާއީގެ ހިތްގައިމު ދުނިޔެއާ ވަކިވެ، އެ ދެމައިން ރޭ ރާއްޖެއަށް އެނބުރި އަސްފައި މި ވަނީ ބީއެޗްއެމްގެ "އެކްސެލް ޓެބް ޕްރޮމޯޝަން" ގެ ނަސީބުވެރިޔާއަށް އެ ކުންފުނިން ދިން ދުބާއީ ދަތުރު ނިންމާލުމަށް ފަހު އެވެ. ޝިރުހާނާ އަދިވެސް ހުރީ އުފަލުން ފޮޅިފައެވެ. އޭނާ އުފާ ނުވާންވީ ސަބަބެއް ވެސް ނެތެވެ. މީގެ ކުރިން ޗުއްޓީއެއް ހޭދަކޮށްލަން ދުވަހަކުވެސް ގޮސްފައި ނުވާ، އުމުރުން 21 އަހަރުގެ އެ ޒުވާނާގެ ފުރަތަމަ ޗުއްޓީ ދަތުރުގެ ނަސީބު ހީކުރި ވަރަށްވުރެ މާ ބޮޑަށް ވެސް ރަނގަޅީ އެވެ.

"ވަރަށް ވަރަށް އުފާވެފަ މި ހުރީ. ފުރަތަމަ ކަމަކަށް ގުރުއަތުން ހޮވުން ވީވެސް ސަޕްރައިޒަކަށް. ދެން ގުރުއަތުން ހޮވި، ދަތުރު ލިބުނީމަވެސް ހީނުކުރަން މިހާ ފުރިހަމަ ދަތުރެއް ކޮށްލެވޭނެ ކަމަށް. ދުބާއީގެ ފަސް ދުވަހުގެ ދަތުރު ހީކުރި ވަރަށްވުރެ ހުރިހާ ގޮތަކުން ރަނގަޅު، ލައިފް ޓައިމް އެކްސްޕީރިއަންސެއް މި ކޮށްލެވުނީ. ބީއެޗްއެމްގެ ޓީމަށް ވަރަށް ބޮޑު ޝުކުރެއް އަދާކުރަން ބޭނުން،" ހެވިފައި ހުރެ ޝިރުހާނާ ބުންޏެވެ.

ބީއެޗްއެމް ޓްރޭޑާސް އިން ރާއްޖެ އެތެރެކޮށް ވިއްކާ "އެކްސްއެލް" އެނާޖީ ޑްރިންކުން ކުރިއަށް ގެންދިޔަ އެކްސެލް ޓެބް ޕްރޮމޯޝަނަކީ ރާއްޖޭގެ އެތައް ހާސް ބަޔަކު ބައިވެރިވި ޕްރޮމޯޝަނެކެވެ. ޕްރޮމޯޝަންގެ ފޯރި އެހާ ވަރަށް ގަދަވީ ހުށަހެޅި ބޮޑު އިނާމުތަކުންނެވެ. އޭގެ ތެރޭން އެންމެ ބޮޑު އިނާމަކަށް ކީ ފަސް ދުވަހުގެ ދުބާއީ ދަތުރެކެވެ. ދުބާއީގައި ފަސް ދުވަހުގެ ހުރުމާއި ކެއުމާއި ބޭނުން ކޮށްލަން ޕޮކެޓް މަނީގެ ގޮތުގައި 2000 ޑޮލަރާ އެކު، ދުބާއީގެ މަޝްހޫރު ތަންތަން ބަލާލަން ދިއުމުގެ ފުރުސަތާ ވެސް އެކުއެވެ. ޕްރޮމޯޝަންގެ ނަސީބުވެރި ވަގުތު ޖެހުނުއިރު މި ހުރިހާ ނަސީބެއް ޝިރުހާނާގެ އަތުކުރީގައި އޮޅާލައި އޭނާ ގޮވައިގެން ދުބާއީއަށް އުނދުއްސައިގަތީ އެވެ.

"ދުބާއީ ވަރަށް ރީތި. މީހުންވެސް ވަރަށް ރަނގަޅު. ބީއެޗްއެމުން ހަމަޖެއްސި އޭޖެންޓް ވެސް ވަރަށް ރަނގަޅު. މަންމަޔާ އަޅުގަނޑު ދިޔައިން ވަރަށް ގިނަ ތަންތަން ބަލާލަން. ދުނިޔޭގެ އެންމެ ބޮޑު ރަނުގެ ބާޒާރު "ގޯލްޑް ސޫކް" އަށް ދިޔައިން. ބްރްޖް ހަލީފާގެ މައްޗަށް އެރިން. ޑެސެޓް ސަފާރީއަށް ދިޔައިން، އެކުއޭރިއަމް ބަލާލަން ދިޔައިން،" ޝިރުހާނާގެ އުފާވެރި ދަތުރު އޭނާ ކުލަކޮށްލީ ވަރަށް އަވަހަށެވެ.

ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތަކީ އޭނާކަން އެނގި އިތުރު މީހަކަށް އޭނާއާ އެކު ދާން ލިބުނު ފުރުސަތުގައި ޝިރުހާނާ ބޭނުންވީ މަންމަ ބަދޫރާ ގެންދާށެވެ. ދަތުރުގެ އުފާވެރިކަން ދެގުނަ ވެގެންދިޔައީ މަންމަ އުފާވެފައި ހުރި ވަރު އިހުސާސްކޮށްލެވުމުން ކަމަށް ޝިރުހާނާ ބުނެ އެވެ. ބުރްޖު ހަލީފާގެ އުހަށް އެރި ގަޑީ މަންމަ "ކުޑަކޮށް ބިރުން" ހުރި ނަމަވެސް އިށީނދެލައިގެން އިނދެ ދެމީހުން ނެގި ސެލްފީއަކީ ދަތުރުގެ އެންމެ ރީތި ފޮޓޯ ކަމަށް ޝިރުހާނާ ބުންޏެވެ.

ނަސީބަކީ ކަތީބަކު ދޭ އެއްޗެއް ނޫނެވެ. މިހާ ފުރިހަމަ ދަތުރެއް ކޮށްލެވުމަކީ ޔަގީނަށްވެސް ކޮންމެ މީހަކުވެސް ކުރާނެ އުންމީދެކެވެ. ބީއެޗްއެމުން މިވަނީ ޝިރުހާނާގެ މި އުންމީދު އެންމެ ފުރިހަމައަށް ފުރިހަމަ ކޮށްދީފަ އެވެ. އެ ޓީމުން ވަނީ ރޭ 8:30 ހާއިރު ޝިރުހާނާގެ ދެމައިން މާލެ އައުމުންވެސް ހޫނު މަރުހަބާއެއް ކިޔާފަ އެވެ.