ހަބަރު

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު ފުވައްމުލަކުން ހައްޔަރުކޮށްފި

Mar 20, 2015

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރަމުން ދިޔަ ކަމުގެ ތުހުމަތުގައި ފުވައްމުލަކުން މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ ފުވައްމުލަކުގައި ހުންނަ ފެމިލީ އެންޑް ޗިލްރަންސް ސާވިސްއިން ހުށަހެޅި މައްސަލައަކާއި ގުޅިގެން 37 އަހަރުގެ އެމީހާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން މިއަދު ކަމަށެވެ..

މި މައްސަލަ ތަހުގީގު ކުރަން ފަށާފައިވާއިރު ފުލުހުން ބުނީ ފަހަކަށް އައިސް މިފަދަ މައްސަލަތައް އިތުރުވަމުންދާއިރު ކުށެއްނެތް ކުޑަކުދިންނަށް ލިބޭ މިފަދަ އަނިޔާތަކުން އެކުދިން ސަލާމަތްކުރުމުގައި މިހާރަށްވުރެ ބޮޑަށް މައިން ބަފައިންނާ ކުދިންގެ ބަލަދުވެރިން ސަމާލުވާން އެދޭ ކަމަށެވެ.