ހަބަރު

އެމްޑީޕީން މާލޭގައި ހިނގާލައި މުޒާހަރާ ކޮށްފި

Mar 21, 2015

އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާތީ އެމަނިކުފާނު ދޫކޮށްލަން ގޮވާލާ އެމްޑީޕީން މާލޭގައި ހިނގާލުމެއް ބާއްވާ ރޭ ވެސް މުޒާހަރާ ކޮށްފި އެވެ.

ސުނާމީ ބިނާ ސަރަހައްދުން ފެށި ހިނގާލުމުުން މުޒާހަރާއެއްގެ ގޮތުގައި އޮތީ މަޖީދީ މަގު އަގޯރާ ކުރިމަތީގަ އާއި ފަރީދީ މަގާ ޗާންދަނީ މަގު ކަންމަތީގަ އެވެ. އެވެ. މުޒާހަރާގެ ބައިވެރިން ގޮވަމުން ދިޔައީ ރައީސް ނަޝީދާއި އެ ނޫން ވެސް "ސިޔާސީ" ކުށްވެރިން ދޫކޮށްލުމަށެވެ.