ބޮލީވުޑް

އަމީތާބުގެ އެފްބީ ޕޭޖަށް 20 މިލިޔަން ލައިކްސް

Mar 21, 2015

ބޮލީވުޑްގެ ސުޕަސްޓާ އަމީތާބް ބައްޗަން ސޯޝަލް މީޑިއާގައި އަނެއްކާވެސް އާ ރެކޯޑެއް ގާއިމްކޮށްފި އެވެ.

އަމީތާބްގެ އޮފިޝަލް ފޭސްބުކް ޕޭޖަށް އިއްޔެއާ ހަމައަށް 20 މިލިއަން ލައިކްސް ލިބިފައިވާ ކަމަށް އިންޑިޔާގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

އުމުރުން 72 އަހަރުގެ އަމީތާބްގެ ފޭސްބުކް ޕޭޖަށް 20 މިލިއަން ލައިކްސް ލިބިފައިވާކަން އޭނާގެ ބޮލްގްގައި ވެސް ލިޔެފައި ވެއެވެ

ބޮލީވުޑްގެ މަޝްހޫރުތަރިންގެ ތެރެއިން ޝޯޝަލް މީޑިއާގައި އެންމެ އެކްޓިވްކަމަށް ފާހަގަ ކުރެވޭ ތަރިއަކީ އަމީތާބް ބައްޗަން އެވެ. ގަވައިދުން އަމީތާބަށް ސަޕޯޓްކުރާ ފޭނުނުންނަށް ޓްވިޓާ، ފޭސްބުކް އަދި ބްލޮގް މެދުވެރިކޮށް ދުވަހުން ދުވަހަށް ކުރާ ކަންތައް އަޕްޑޭޓްކޮށް ހަދާ، ފޭނުންނާ އެންމެ ގާތް ގުޅމެއްވެސް ބާއްވާ ތަރިއަކަށް ވެފައި ވަނީ އަމީތާބެވެ.

ވިހި މިލިއަން ލައިކްސް ލިބިފައިވާ ކަން ހާމަކުރަމުން އަމީތާބް ލިޔެފައިވާ ޕޯސްޓްގައި ވަނީ "ފޭސްބުކްއިން އަހަރެން ފޮލޯ ކުރާ މީހުންގެ އަދަދު 20 މިލިއަނަށް އަރައިފި، މިކަން އަހަންނަށް ހާސިލް މިވީ އަހަރެންނާ މެދު އެންމެން ބެހެއްޓި ގާތްކަމުން" އަމީތާބް ބޮލްގްގައި ލޔެފައިވެ އެވެ. "އެންމެންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. އަހަންނަށް މިއަދު މިހާސިލް ވީ އާ ލަނޑުދަނޑި އެއް" އަމީތާބު ބުންޏެވެ.

މިވަގުުތު ޓްވިޓާއިން އަމީތާބް ފޮލޯކުރާ 13.7 މިލިއަން މީހުން އެބަތިއްބެވެ.

ބޮލީވުޑްގެ މަޝްހޫރުތަރިންގެއޮފިޝަލް ޕޭޖްތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ބޭނުންކުރާ ސޯޝަލް ނެޓްވޯކިން ވެބްސައިޓް ފޭސްބުކްގައި އެންމެ ގިނަ ލައިކް ލިބިފައިވަނީ 26 މިލިއަން ލައިކްއާއެކު ދިޕިކާ ޕަދުކޯން އަށެވެ. ދެވަނައިގައި ސަލްމާން ޚާން އުޅޭއިރު އޭނާއަށް ލިބިފައިވަނީ 24.5 މިލިއަން ލައިކްސް އެވެ. ތިންވަނައިގައި އުޅެނީ އިއްޔެ 20 މިލިއަން ލައިކްސް ލިބުނު އަމީތާބް ބައްޗަން އެވެ.