ހަބަރު

މިލޭނިއަމް ޔޫތު އެމްބެސެޑާ ޕްރޮގްރާމަށް އުރީދޫން އެހީދީފި

Feb 20, 2017

ރީޖަނަލް އެލަޔަންސް ފޯ ފޮސްޓަރިން ޔޫތު (ރަފީ) ޖަމިއްޔާއިން ކުރިއަށްގެންދާ "މިލޭނިއަމް ޔޫތް އެމްބެސެޑާސް ޕްރޮގްރާމް" އަށް ފަންނީ އަދި މާލީ އެހީ ދިނުމަށް އުރީދޫ އިން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އުރީދޫ އޮފީހުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި އުރީދޫގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ ވިކްރަމް ސިންހާ އެވެ. ރަފީ ފައުންޑޭޝަންގެ ފަރާތުން ސޮއި ކުރެއްވީ އެ ޖަމިއްޔާގެ ބާނީ އަދި ރައީސާ އައިޝަތު ރަފިއްޔާ އެވެ.

ރަފިއްޔާ ވިދާޅުވީ، ޒުވާނުންގެ ލީޑާޝިޕް ކޮލިޓީ ހުރި ބަޔަކަށް ހެދުމަށް ހިންގާ ޕްރޮގްރާމުގެ ދަށުން، އެ ޖަމިއްޔާގެ ކެޕޭސިޓީ ޑިވެލޮޕްމަންޓް ސެންޓަރު އެކުލަވާލައި، ކޮލަމްބޯ ލީޑާޝިޕް އެކަޑަމީ (ސީއެލްއޭ) އިން އެންޑޯޒް ކޮށްފައިވާ މިލީނިއަމް ޔޫތު އެމްބެސެޑާ ޕްރޮގްރާމަކީ ޒުވާން ލީޑަރުންނަށް ބޭނުންވާ ހުނަރާއި ތަމްރީނު ފޯރުކޮށްދޭނެ ކަމަށެވެ.

އުރީދޫން ވަނީ މި ޕްރޮގްރާމަށް ހޮވިފައިވާ ކުދިންނަށް އެއް އަހަރު ދުވަހަށް ހިލޭ އިންޓަނެޓުގެ ހިދުމަތް ދީފަ އެވެ.

މި އެއްބަސްވުމާއެކު، އުރީދޫ ސްމާޓް ކެމްޕަސް މެދުވެރިކޮށް ވައިމާސް ޓްރެއިނިން ޕްރޮގްރާމް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ހުޅުވާލާނެ އެވެ.