ވިޔަފާރި

ކޭޝް ކާޑުން ޓެކްސީއަށް ފައިސާ ދެއްކޭ ގޮތް ހަދައިފި

Feb 21, 2017
1

ޕީއޯއެސް މެޝިނުން ޓެކްސީ އަށް ފައިސާ ދެއްކޭ ހިދުމަތް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ތައާރަފުކޮށްފި އެވެ.

"ބީއެމްއެލް ކޭޝްލެސް ރައިޑް" ގެ ނަމުގައި ތައާރަފު ކުރި މި ހިދުމަތާ ބެހޭ ގޮތުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ ޑެޕިއުޓީ ސީއީއޯ އަހުމަދު ޝަރީފު ވިދާޅުވީ މި ހިދުމަތް ތައާރަފުވުމާއެކު، ޓެކްސީ ޑްރައިވަރުންނާއި ޓެކްސީގެ ހިދުމަތް ހޯދާ ފަރާތްތަކަށްވެސް ފަސޭހަ ވެގެންދާނެ ކަމަށެވެ.

"މި ހިދުމަތް ތައާރަފު ވުމުން މަގުމަތީގައި ގިނަ ވަގުތު މަޑުކުރަން ނުޖެހި ހިދުމަތް ހޯދޭނެ. މި ހިދުމަތުގެ ކޭޝް ގެންގުޅެން ނުޖެހި ހިދުމަތް ހޯދޭނެ،" ޝަރީފު ވިދާޅުވި އެވެ.

ބީއެމްއެލް އިން މިއަދު ތައާރަފު ކުރި "ކޭޝް ލެސް ޓެކްސީ" ގެ ހިދުމަތް ހޯދުމަށް ކޭޝް ކާޑު މެޝިނަށް ކާޑު ލެއްވުމުން އަންނަ މެނޫތައް ނެގުމުން ހިދުމަތް ހޯދޭނެ އެވެ. މި ހިދުމަތް ބައްޓަން ކޮށްފައިވަނީ ލަގެޖު އުފުލާ މީހުންނަށް އެއަށްވެސް ޗާޖު ކުރެވޭ ގޮތަށެވެ.

ޝަރީފު ވިދާޅުވީ އެންމެ ފުރަތަމަ މި ހިދުމަތް ތައާރަފު ކުރަނީ ފަސް ޓެކްސީގައި ނަމަވެސް، މަހެއްހާ ދުވަހުގެ ތެރޭގައި ހިދުމަތް ފުޅާ ކުރާނެ ކަމަށެވެ.

"ހިދުމަތް ކުރިއަށްދާ ގޮތް ބެލުމަށްފަހު ރަނގަޅު ކުރަން ޖެހޭ ކަންތައް ރަނގަޅު ކުރަމުން ގެންދާނީ،" ޝަރީފު ވިދާޅުވި އެވެ.

ބީއެމްއެލް އިން "އަހަރެންގެ ބޭންކް، ދިވެހިން" ގެ ބޭންކް މި ޝިއާރުގެ ދަށުން ދަނީ ހާއްސަ ގައުމީ ކެމްޕޭނެއް ފަށާފަ އެވެ. އަދި އެ ބޭންކުގެ ހިދުމަތް ވަރުގަދަ ކޮށްފައިވާއިރު، އެ ބޭންކުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައިވާ ކޭޝް ކާޑް މެޝިންގެ އަދަދު 4،000 އަށްވުރެ އިތުރެވެ.