ހަބަރު

ނަބަވީ މިސްކިތުގެ މުއައްޒިން ޑރ. އިޔާދު ރާއްޖެ ވަޑައިގެންފި

Mar 21, 2015

މަސްޖިއް ނަބަވީގެ މުއައްޒިން އަދި މަދީނާ ޔުނިވާސިޓީގެ ޕްރޮފެސަރު ޑރ. އިޔާދު ބިން އަހުމަދު ބިން އައްބާސް ޝުކުރީ ރާއްޖެ ވަޑައިގެންފި އެވެ.

ޑރ. އިޔާދު ރާއްޖެ ވަޑައިތީ ސަލަފު ޖަމިއްޔާގެ ދައުވަތަކަށެވެ. އެ ޖަމިއްޔާއިން ބުނީ މިއަދު ރާއްޖެ ވަޑައިގެންނެވި ޑރ. އިޔާދު، ސަލަފު ޖަމިއްޔާގެ ބައެއް ޕްރޮގްރާމްތަކުގައި ބައިވެރިވެ ވަޑައިގަންނަވާއިރު އެ ޖަމިއްޔާއިން މިރޭ އިފްތިތާހު ކުރީ ތައުލީމީ މަޝްރޫއު އިފްތިތާހުކޮށް ދެއްވުމުގެ އިތުރުން ށ. އަތޮޅުގެ ރަށްރަށުގައި ބާއްވާ "ރިޙްލާ" ދަތުރުގައިވެސް ބައިވެރި ވަޑައިގަންނަވާނެ އެވެ.