ހަބަރު

ރާއްޖޭގައި ސައުދީ އެމްބަސީއެއް ގާއިމު ކުރަނީ

Mar 21, 2015

ރާއްޖޭގައި ސައުދީ އަރަބިޔާގެ އެމްބަސީއެއް ވަރަށް އަވަހަށް ގާއިމު ކުރެވިގެން ދާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ސައުދީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ހަމީދު ވިދާޅުވީ ރާއްޖޭގައި ސައުދީ އެމްބަސީއެއް ގާއިމު ކުރެވުމުން ހައްޖާއި އުމްރާއަށް މީހުން ގެންދިޔުމުގައި ފަސޭހަ ވެގެންދާނެ ކަމަށެވެ. ނަމަވެސް އެމްބަސީ ގާއިމު ކުރާނެ ވަކި ތާރީހެއް ހާމައެއް ނުކުރައްވަ އެވެ.