ހަބަރު

ދެ ކައުންސިލެއްގެ ބައި އިލެކްޝަން ސަރުކާރު ކޯލިޝަނުން ކާމިޔާބުކޮށްފި

Mar 21, 2015
1

މިއަދު ބޭއްވި ދެ ކައުންސިލްގެ ބައި އިލެކްޝަން ވެސް ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ ދެ ޕާޓީން ކާމިޔާބުކޮށްފި އެވެ.

މިއަދު ބޭއްވީ ދ. އަތޮޅު ކައުންސިލްގެ މީދޫ ދާއިރާގެ ބައި އިލެކްޝަނާއި ހއ. މުރައިދޫ ރަށު ކައުންސިލްގެ ބައި އިލެކްޝަނެވެ. އެ ދެ ކައުންސިލްގެ ތެރެއިން ދ. އަތޮޅު ކައުންސިލްގެ ބައި އިލެކްޝަން ކާމިޔާބުކުރީ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ކެންޑިޑޭޓް މުހައްމަދު މަމްދޫހެވެ. އޭނާ އެ އިންތިޚާބު ކާމިޔާބުކުރީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކޮށްގެނެވެ.

މުރައިދޫ ކައުންސިލްގެ ބައި އިލެކްޝަން ކާމިޔާބުކުރީ ސަރުކާރު ހިންގާ ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ މުފީދެވެ. އޭނާ އެ އިންތިޚާބު ކުރީ އަމިއްލަ ގޮތުން ކުރިމަތިލި ކެންޑިޑޭޓަކާއި އެމްޑީޕީގެ ކެންޑިޑޭޓަކާ ވާދަކޮށްގެނެވެ.