ބިދޭސީން

ހަށި ވިއްކުމުގެ ވިޔަފާރި ކުރާ ބިދޭސީ އަންހެނަކު ހައްޔަރުކޮށްފި

މާލޭގައި ހަށި ވިއްކުމުގެ ވިޔަފާރި ކުރަމުން ދިޔަ ބިދޭސީ އަންހެނަކު އަތުލައިގަނެ ފުލުހުން އޭނާ ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ގަލޮޅުގައި ހިންގަމުން ދިޔަ ގެސްޓްހައުސް އެއްގައި ހަށި ވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ އެ އަންހެން މީހާ ހައްޔަރު ކުރީ ރޭގެ ވަގުތެއްގައި ކަމަށާއި އޭނާ ހައްޔަރު ކޮށްފައިވަނީ އެ ގެސްޓްހައުސްގެ ތެރޭގައި އުޅެނިކޮށް ކަމަށެވެ. އަދި ބުނީ މި މައްސަލައިގައި މިހާތަނަށް އޭނާ ފިޔަވައި އިތުރު މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

ހައްޔަރު ކުރި އަންހެން މީހާގެ ގައުމާއި އޭނާ ހުރި ގެސްޓް ހައުސްގެ ނަން އާންމުކޮށްފައެއް ނުވެއެވެ.

"އެމީހާ ހައްޔަރުު ކުރީ ރޭ އެ ގެސްޓްހައުސް ހުރި ސަރަހައްދަށް ދިޔުމުން ލިބުނު މައުލޫމާތަކާއި ގުޅިގެން. ފުލުހުން އެ ސަރަހައްދަށް ދިޔައީ އެ ސަރަހްހަދުގައި މާރާމާރީއެއް ހިންގައިގެން އުޅޭކަމުގެ މައުލޫމާތު ލިބިގެން،" ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.

މިިދިޔަ އަހަރުގެ ފަހުކޮޅު ވެސް ވަނީ މާލޭގައި ހަށިވިއްކުމުގެ ވިޔަފާރި ކުރި ގިނަ އަދަދެއްގެ މީހުން އެކި ފަހަރު މަތިން ހައްޔަރުކޮށްފަ އެވެ.