އަންހެނުން

ރީތިވުމުގައި އާންމުކޮށް ހެދޭ ގޯސްތައް

Mar 22, 2015

ޒީނަތްތެރިވުމަށްޓަކައި ކުރާ ބައެއް ކަންތައްތަކުން ނޭނގި ނަމަވެސް ގޯސް ހެދޭކަމަށް ގަބޫލުކުރަން ހެއްޔެވެ؟ ގިނަ މީހުންނަށް ކޮންމެ ދުވަހަކު، ކޮންމެވެސް ގޮތަކަށް މިފަދަ ގޯސްތައް ހެދެ އެވެ. ނަމަވެސް މިގޮތަށް ހެދޭ ގޯސްތައް ފާހަގަ ނުކުރެވެނީ ކަމެއް ނުވަތަ ފާހަގަ ވިޔަސް އެކަން މާ ބޮޑުކަމަކަށް ނަހަދާ ހިތްހަމަޖައްސާލެވެނީ އެވެ.

އެކަމަކު މިއީ މިކަމަށް އޮތް ހައްލެއް ނޫނެވެ. ދެންވެސް ބަލަންވީ މިފަދަ ގޯހެއް ނުހެދި ވޭތޯ އެވެ.

މިގޮތުން ޒީނަތްތެރި ވުމުގެ ތެރޭގައި އާންމުގޮތެއްގައި ފަސް ގޯހެއް ހެދެ އެވެ.

އިސްތަށިގަނޑު ރަނގަޅަށް ޝޭމްޕޫކުރުމަށްފަހު، ގިނަ މީހުން އިސްތަށިގަނޑު ރީތިކޮށް މަޑުކުރުމަށްޓަކައި، މުޅި އިސްތަށިގަނޑުގައި ކޮންޑިޝަނާ އުނގުޅަ އެވެ. މިއީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ. ކޮނަޑިޝަން ކުރަން ޖެހޭނީ ހަމައެކަނި އިސްތަށިގަނޑެވެ. އެއްގޮތަކަށްވެސް އިސްތަށިގަނޑުގެ ބުޑުގައި ނުއުނގުޅާށެވެ.

މިއީ ހަމަ ޔަގީނުންވެސް ވަރަށް ގިނަ މީހުންނަށް ހެދޭ ގޯހެކެވެ. ސެންޓުގެ ވަސް ގިނައިރު ބެހެއްޓުމުގެ ގޮތުން ބުރުވާލެވެނީ ހެދުމަށެވެ. މިގޮތަށް ކަންތައް ކުރެވޭނަމަ އަވަހަށް ހުއްޓާލާށެވެ. ސެންޓް ހެދުމަށް ޖެހުމުން، ހެދުމުގައި ހުންނަ ވަހާ އަދި މިނޫންވެސް ގޮތަގޮތަށް ހެދުމުގައި ހިފާ ވަސްތަކާ އެކުވުމުގެ ސަބަބުން ދުވާނީ ނުބައި ވަހެކެވެ. ސެންޓުގެ ވަސް ގިނަ ވަގުތު ބަހައްޓަން ބޭނުންނަމަ ގަޔަށް ޖަހާށެވެ.

ފައުންޑޭޝަން ނުވަތަ މޭކަޕެއް ކުރާއިރު އަބަދުވެސް އިސްކަންދެވެނީ މޫނަށެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން މޫނާއި ކަރުގެ ކުލަތަފާތުވުމުން، އެހެންމީހުންނަށް ފަސޭހައިން މިކަން ފާހަގަކުރެވޭނެ އެވެ. މޭކަޕްކުރާއިރު ހެދޭ އެންމެ ބޮޑު ގޯހަކީ ކަރުގެ ހަންގަނޑު މަތިން މުޅިން ހަނދާން ނައްތާލެވުމެވެ. މޫނާއި އެއްވަރަކަށް ކަރަށްވެސް އިސްކަންދޭނެ ޖެހޭނެ އެވެ. ގިނަފަހަރަށް މިކަން ފާހަގަ ކުރެވެނީ ލެވޭ ހެދުމެއްގެ ސަބަބުން އެކަންޏެއް ނޫނެވެ. ކަރުގެ ހަންގަނޑު މޫނުގެ ހަންގަނޑަށް ވުރެން ތުނި ވެފައި ނާޒުކެވެ. ދެން ފަހަރަކުން ފައުންޑޭޝަން އުނގުޅާއިރު ކަރު މަތިން ހަނދާން ނައްތާނުލާށެވެ.

މޮއިސްޓަރައިޒާ ބޭނުންކުރަނީ ހަންގަނޑު މަޑުކޮށް އަދި އޮމާންކޮށްދެ އެވެ. އެގޮތުން މޮއިސްޓަރައިޒާ ލޯކައިރީގައި އުނގުޅުމުން، ލޯކައިރި ފުއްޕާ، މީހާ ވަރުބަލި ކަމަށް ދައްކާނެ އެވެ. ލޯ ކައިރި މޮއިސަޓަރައިޒާ ބޭނުންކުރާނަމަ އެކަން ހުއްޓާލާށެވެ.

ބައެއް މީހުންނަކީ ގިނައިރު ޝަވާރ ޖެލް ނުވަތް ބޮޑީ ސްކްރަބް ލައިގެން ފެންވެރުމުން ނޫނީ ރީތިކޮށް ފެންނުވެރޭނެ ކަމަށް ގަބޫލުކުރާ މީހުންނެވެ. މިގޮތަށް ހަދާނަމަ ތިޔަ ކުރެވެނީ ބޮޑު ގޯހެކެވެ. މާގިނައިން ގައި އުނގުޅުމުން ނުވަތަ ސާފުކުރެވުމުން، ހަށިގަނޑުގައި ހުންނަ ހަށިގަނޑަށް ބޭނުންވާ އެސެންޝިއަލް އޮއިލް އާއި މޮއިސްޗާ ނައްތާލަދެ އެވެ.

ނޭނގި ނަމަވެސް ހެދޭ މިފަދަ ގޯސްތަކުން ތިމާގެ ޒީނަތްތެރިކަމަށް އަސަރުކޮށްފާނެ އެވެ. ދެންވެސް އަވަހަށް ބަލަންވީ މިފަދަ ގޯސްތައް ތަކުރާރުނުކުރެވޭތޯ އެވެ.