ހަބަރު

ބައެއް މެމްބަރުން ރިޝްވަތު ހިފުމަކީ އޮތް އެންމެ ބޮޑު ނުރައްކާ: ނަޝީދު

Dec 13, 2014

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ރިޝްވަތު ހިފުމަކީ ރާއްޖެއަށް އޮތް އެންމެ ބޮޑު ނުރައްކާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ބައެއް މެމްބަރުން މާތްﷲ ގަންދީ ކޮށްގެން ތިބެގެން ރިޝްވަތު ހިފުމަކީ ދިވެހި އުއްމަތަށް ހުރި އެންމެ ބޮޑު ނުރައްކާ ކަމަށެވެ.

ނަޝީދު އެގޮތަށް ވިދާޅުވިއިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދު ކުރުމުގެ ގޮތުން އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިނާއި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ފަނޑިޔާރުކަމުން ވަކިކުރަން މާދަމާ މަޖިލީހުގައި ވޯޓު ނަގާނެ ކަމަށް ވަނީ ބެލެވިފަ އެވެ. އެ ދެ ބޭފުޅުން ވަކިކުރަން ޕީޕީއެމުން ތާއީދު ކުރާނެ ކަމަށް ބެލެވޭ ނަމަވެސް އެކަމާ ދެކޮޅަށް ވޯޓު ދޭން އެމްޑީޕީން ވަނީ ނިންމައިފަ އެވެ.

އެ ދެ ބޭފުޅުން ފަނޑިޔާރުކަމުން ވަކިކުރަން ބޭނުން ނަމަ އެދުވަހެއްގެ ޖަލްސާގައި ހާޒިރުވެ، ވޯޓުގައި ބައިވެރިވި މެމްބަރުންގެ ތިން ބައި ކުޅަ ދެ ބައި ވޯޓު އެކަމަށް ބޭނުންވެ އެވެ.