ހޮލީވުޑް

"ޑައިވާޖެންޓް" މިއީ ކިހިނެއްވާ ފިލްމުތަކެއްތަ؟

މި ފިލްމު ސިލްސިލާ އަކީ އެމެރިކާގެ ޒުވާން ވާހަކަ ލިޔުންތެރިޔާ ވެރޮނިކާ ރޮތު ލިޔެފައިވާ ޓްރިލޮޖީއެއްގެ އަސްލަށް އުފައްދަމުން އަންނަ ފިލްމުތަކެކެވެ. ފިލްމާއި ވާހަކައިގެ ވެސް ޓާގެޓް އޯޑިއެންސަކީ ފުރާވަރުގެ ކުދިންނެވެ.

ކޮންމެއަކަސް މީގެ ފޭނުން ވަރަށް ވެސް ގިނަ އެވެ. ފޮތުގެ ކާމިޔާބީ އަކީ ފިލްމު ސިލްސިލާ އަށް ލިބެމުންދާ ތަރުހީބުގެ އަސްލެވެ. މި ފޮތުގެ ޓްރޮލޮޖީގެ 10 މިލިއަން ކޮޕީސް ވިކިފައިވާއިރު ފުރަތަމަ ފޮތުގެ އަސްލަށް އުފެއްދި ފިލްމަށް ބޮކްސް އޮފީހުގައި ގާތްގަނޑަކަށް 300 މިލިއަން ޑޮލަރު ލިބުނެވެ.

މި ސިލްސިލާގެ އާ ފިލްމު އަދި ދެ ވަނަ ފިލްމު ވަނީ މިދިޔަ ހުކުރު ދުވަހު ޕްރިމިއާކޮށްފަ އެވެ.

"ޑައިވާޖެންޓް" އަކީ ހަމަނުޖެހުންތަކެއްގެ ތެރެއިން ސުންނާފަތިވެފައި އޮންނަ ދުނިޔެއެއްގައި ބައިބައިވެފައި އޮންނަ މުޖުތަމައަކަށް ނިސްބަތްވާ ބައިގަނޑުތަކަކާއި ޒުވާން އަންހެން ކުއްޖެގެ ކުރިމަތިލުންތަކެއް ދައްކުވައިދޭ ފިލްމެކެވެ. ވާހަކައިގެ މެއިން ކެރެކްޓާ ކަމުގައިވާ ބީޓްރިސް ޕްރިއޯގެ ރޯލު ޝައިލީން ވުޑްލީ ކުޅެފައި ވުމަކީ ވެސް ފިލްމުގެ މަގްބޫލުކަން ބޮޑުވެގެން ގޮސްފައިވާ ސަބަބެކެވެ.

އޭނާ އަކީ ފޭން ފެވަރިޓް "ފޯލްޓް އިން އަވާ ސްޓާސް" ގައި ހޭޒެލް ގްރޭސްގެ ރޯލު ވެސް ކުޅުނު ބަތަލާ އެވެ.

ގާތްގަނޑަކަށް އެކަހަލަ ފިލްމެކެވެ. "ހަންގާ ގޭމްސް" އަކީ ވެސް ފުރާވަރުގެ އޯޑިއެންސަކަށް ހާއްސަކޮށްގެން ނެރުނު ވާހަކަތަކެއްގެ އަސްލަށް ގެނެސްދެމުން އަންނަ ސިލްސިލާ އެކެވެ. އަދި އޭގައި ވެސް އެންމެ މުހިންމު ކެރެކްޓާ އަކީ "ޑައިވާޖެންޓް" ގައި ވެސް އުޅޭ ކަހަލަ އަންހެން ކުއްޖެކެވެ.

މި ދެ ސިލްސިލާގައި ކިޔައިދޭ ވާހަކައިގައި އެއްގޮތް ގިނަ އެލެމެންޓްތަކެއް ހުއްޓަސް މިއީ މުޅިން ތަފާތު ދެ ވާހަކަ އެކެވެ.

ނަމަވެސް "ހަންގާ ގޭމްސް" އާއި "ޓްވައިލައިޓް" ސިލްސިލާގެ ފިލްމުތައް ކަމުދާ ފަރާތްތަކަށް "ޑައިވާޖެންޓް" ވެސް ފިލްމުތައް ވެސް ކަމުދާނެ އެވެ.

މި ބުނިހެން "ޓްވައިލައިޓް" އާއި "ހަންގާ ގޭމްސް" ގެ ފޭނެއް ނަމަ "ޑައިވާޖެންޓް" ބެލުމަކުން މައްސަލައެއް ނެތެވެ. ކަމުގޮސްދާނެ އެވެ.

ނަމަވެސް މިއީ އެއްގޮތަކަށް ވެސް ފާޑުކިޔުންތެރިންގެ މެދުގައި މަގްބޫލު ފިލްމެއް ނޫނެވެ. ވާހަކަ ފޮތުގެ ފޭނުންނާ އެކު ބޮކްސް އޮފީހުގައި ފިލްމުގެ ވިޔަފާރި ކިތަންމެ ރަނގަޅަށް ފާޑުކިޔުންތެރިން ދަނީ ފިލްމަށް ހަމަލާ ދެމުންނެވެ.