ހަބަރު

"ރައްކާ" މިއަހަރު ކުޅުދުއްފުށީގައި

މޯލްޑިވްސް ޕޮލިސް ސާވިސް އާއި އެލައިޑް އިންޝްއަރެންސާ ގުޅިގެން ކުރިއަށް ގެންދާ، މަގުމަތީ ރައްކާތެރިކަމުގެ ކެމްޕެއިން "ރައްކާ" މިއަހަރު ހދ. ކުޅުދުއްފުށީގައި ބޭއްވުމަށް ނިންމާ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ހަފްލާ ގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެލައިޑް ގެ ޖެނެރަލް މެނޭޖަރު އަހްމަދު ރިޔާޒީ މުހައްމަދު އާއި އެސިސްޓެންޓު ކޮމިޝަނާ އޮފް ޕޮލިސް އަލީ ސުޖާއު އެވެ.

މި ކެމްޕޭނުގެ މައިގަނޑު މަގުސަދަކީ މަގުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތައް މަދުކޮށް މަގުތަކަކީ އެންމެންނަށް ވެސް ހިނގާބިނގާވެ، ދަތުރުފަތުރު ކޮށް އުޅުމަށް ރައްކާތެރި، އަމާން މަގު ތަކެއްކަމުގައި ހެދުމެވެ. އެ ގޮތުން މި ކެންޕޭނުގެ ދަށުން މަގުމަތީ ގެ ގަވާއިދު ތަކާ ރައްކާތެރިކަމާ މެދު އާންމުން ހޭލުންތެރި ކުރުމަށް ހިންގާ މައުލޫމާތު ދިނުމުގެ ޝެޝަން ތަކެއް ގެ އިތުރުން ކުޑަކުދިންގެ ހަވީރަކާއި އެހެނިހެން ހަރަކާތް ތައް ހިންގުމައް ވަނީ ހަމަޖެހިފަ އެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ދިވެހި ފުލުހުން އައްޑޫ އަދި ލ ގައި ކުރިއަށް ގެންދިޔަ ކެންޕޭނުތައް ރާވާ ހިންގުމުގައި ވެސް އެލައިޑުން ވަނީ ބައިވެރިވެފަ އެވެ.