ސިއްހަތު

ދުނިޔެއަށް ބޮޑު ބަލިމަޑުކަމެއްގެ ބިރު!

ޗައިނާގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ދޫނި ރޯގާ ދުނިޔެއަށް ބޮޑު ބަލިމަޑުކަމެށް ގެނެސްދާނެ ކަމުގެ ބިރުބޮޑުކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން އިން ބުނެފި އެވެ.

"އޭވިއަން އިންފްލުއެންޒާ އޭ (އެޗް ސެވެން އެން ނައިން)" އަކީ ދޫނިތަކުގައި ފެތުރޭ ބައްޔެކެވެ. އަދި އިންސާނުންނަށް މި ރޯގާ ޖެހުމުގެ ސަބަބުން ނިއުމޯނިއާ ޖެހި މަރުވުމުގެ ފުރުސަތު ބޮޑެވެ. މި ދިޔައަހަރު ގެ އޮކްޓޯބަރ މަހުން ފެށިގެން 490 މީހުން މި ބަލީ ޖެހިފައި ވާކަމަށް ރިޕޯޓު ކުރެވިފައި ވާއިރު ހަމައެކަނި މިއަހަރު ވެސް 87 މީހުން ވަނީ މި ރޯގާގައި މަރުވެފައެވެ.

މި ބަލި ޖެހިގެން ރިޕޯޓު ކުރެވިފައިވާ މީހުންގެތެރެއިން 40 އިންސައްތަ މީހުން މި ބަލީގައި މަރުވެފައި ވީއިރު ޒިކާވައިރަސް އާއި އިބޯލާ ފަދަ ބޮޑު ބަލި މަޑުކަމަކަށް މި ރޯގާ ވެދާނެކަމުގެ ބިރު ވަރަށް ބޮޑު ކަމަށް މިބަލި ދީރާސާ ކުރާ ޑރ. ޓިމް އުޔޭކީ ވަނީ ބުނެފައެވެ.

މި ވައިރަސް އަށް މީގެ ކުރިން އުފައްދާފައި ވާ ވެކްސިން މަސައްކަތް ނުކުރާނެ ކަމަށާއި އާ ވެކްސިނެއް އެފެއްދުމުގެ މަސައްކަތް ކުރިއައްގެންދާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެފައި ވެއެވެ.