ވިޔަފާރި

އޭއެޗް ބުރަދާސްގެ އާ ފިހާރައެއް ހުޅުވައިފި

އޭއެޗް ބުރަދާސްގެ އާ ފިހާރައެއް މިއަދު މާލޭގައި ހުޅުވައިފި އެވެ.

މިއަދު ހެނދުނު ހުޅުވީ އޭޗް ބްރަދާސްގެ ފަސް ވަނަ ފިހާރަ އެވެ. އާ ފިހާރަ ހުޅުވައިދެއްވީ އޭއެޗް ބުރަދާސްގެ ފައިނޭންސް އެންޑް އެޑްމިން ޑިރެކްޓާ، މުހަންމަދު ސަނީމް ހުސައިނެވެ. އަލަށް ހުޅުވި ފިހާރަ ހުންނަނީ މެދު ޒިޔާރަތްމަގު، ސިފައިންގޭ ފުރަގަހަށްވާ ގޮތަށެވެ.

ފިހާރައިގެ މެނޭޖަރު އަހުމަދު މުހައްމަދު ވިދާޅުވި ގޮތުގައި، އޭއެޗް ބުރަދާސްގެ ފިހާރަތަކުން ލިބޭ ހުރިހާ މުދަލެއް މި ފިހާރައިން ވެސް ލިބޭނެ ކަމަށާއި މި ފިހާރަ ހުޅުވުމާ ގުޅިގެން ވީކްލީ ޕްރޮމޯޝަން ތަކެއް ވެސް ކުރިޔަށް ގެންދާނެ ކަމަށެވެ. މި ޕްރޮމޯޝަން ތަކުގެ ގުރުއަތު ލުން އޮންނާނީ ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހު އެވެ. ގުރުއަތުން ހޮވޭ ފަރާތްތަކަށް އިނާމްތައް ލިބެ އެވެ.

މީގެ އިތުރުން 300 ރުފިޔާއިން މަތީ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ދެއެވެ. އޭގައި އެއްވަނަ ދާ ފަރާތަކަށް ސޮމަކާ ބްރޭޑުގެ ދޮންނަ މެޝިނެއް ދޭއިރު ދެވަަނައަށް ގީޕަސް ބްރޭންޑުގެ އަވަނެއް ދެ އެވެ. ތިންވަނައަށް ދެނީ ގީފަސް ބްރޭންޑް މަލްޓި ފަންކްޝަނަލް ހޭންޑް ބްލެންޑާ އެކެވެ.

ޕްރޮމޯޝަންތައް ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ މަހުގެ އެއްވަނަ ދުވަހަށެވެ. އޭއެޗް ބްރަދާސްގެ ފިހާތަކަކީ ރާއްޖޭގައި ބޮޑު މަޝްހޫރު ކަމެއް ހޯދާފައިވާ ތަންތަނެވެ.