ސްޓެލްކޯ

ސްޓެލްކޯގެ 14 ބުރީގެ އިމާރާތް އަޅަން ބީލަމަށްލައިފި

Mar 7, 2017
4

ސަރުކާރުގެ މައި ކަރަންޓް ކުންފުނި، ސްޓެލްކޯއިން 14 ބުރީ އިމާރާތެއް އަޅަން ބީލަމަށް ހުޅުވާލައިފި އެވެ. މި ފުރުސަތު ހުޅުވާލާފައި ވަނީ ރާއްޖެ އާއި ރާއްޖޭން ބޭރުގެ ފަރާތްތަކަށެވެ.

ބީލަން ޑޮކިއުމެންޓް ގަންނަ ފަރާތްތަކަށް އެކަނި ކުރިމަތިލެވޭ މި ބީލަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 12 އިން 22 ނިޔަލަށް ބިޑް ޑޮކިއުމަންޓް ގަތުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. ބިޑް ޑޮކިއުމެންޓް ވިއްކަނީ 200 އެމެރިކާ ޑޮލަރަށެވެ. ބިޑް ޑޮކިއުމަންޓް ގަތުމަށްފަހު މައުލޫމާތު ސާފު ކުރުން އޮންނާނީ މި މަހުގެ 23 ވަނަ ދުވަހު 10:00 ޖަހާއިރު އެވެ. ބީލަން ހުށަހަޅަން ޖެހެނީ އަންނަ މަހުގެ ތިން ވަނަ ދުވަހު 10:00 ޖަހާއިރު އެވެ.

ސާދަބުރީގެ އިމާރާތުގެ މިމަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 300,000.00 ރުފިޔާ ހުށަހަޅަންޖެހެ އެވެ. އެ ހުށަހަޅަންޖެހެނީ ބޭންކް ގެރެންޓީ ލެޓާ ނުވަތަ ބޭންކް ޑްރާފްޓް ނުވަތަ ބޭންކް ގެރެންޓީ ދީފައިވާ ޗެކަކުންނެވެ.

ގާތްގަނޑަކަށް 800 އަށްވުރެ ގިނަ މުވައްޒަފުން ވަޒީފާ އަދާކުރާ ސްޓެލްކޯގެ 14 ބުރީގެ މި އިމާރާތް އަޅަނީ ސްޓެލްކޯގެ މައި އިމާރާތުގެ ގޮތުގައި މިހާރު ބޭނުން ކުރަމުން އަންނަ ހަ ބުރީގެ އިމާރާތް ވެސް ހުރީ ގޯތީގެ ތެރޭގަ އެވެ. ނަމަވެސް މި އިމާރާތާބެހޭ އެހެން ތަފުސީލްތައް އަދި ހާމަކޮށްފައެއް ނުވެ އެވެ.

މިހާރު ބޭނުން ކުރާ ސްޓެލްކޯ ބިލްޑިންގަކީ ޖޫން 28، 2000 ގައި ހުޅުވައި ބޭނުން ކުރަން ފެށި، އޭރު މާލޭގައި އެޅި އެންމެ ރީތި އެއް ބިލްޑިންގެވެ.