އަންހެނުންގެ ދުވަސް

ދިވެހި އަންހެނުންނަށް ވާނެ، އެއީ ގަދަ ބާރެއް!

Mar 8, 2017
2

ދިވެހި އަންހެނުންނަކީ ފިސާރި ކަނބަލުންނޭ ބުނަނީ މިއަދަކު ނޫނެވެ. އިއްޔެވެސް އަދި އޭގެ ކުރީގެ ތާރީހުވެސް ޔަގީން ކޮށްދިނީ އެހެނެވެ. ދިވެހި އަންހެނުންގެ ތެރޭގައި ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ހުނަރުވެރި ބާރުވެރި ކަނބަލުން އަބަދުވެސް ތިއްބެވެ. އެހެން ކަމުން މިއަދަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަ ކުރާ އަންހެނުންގެ ދުވަސް ކަމަށްވާއިރު ދިވެހި އަންހެނުން މި ގައުމަށް ހޯދައިދީފައިވާ އަދި ހޯދައި ދެމން އަންނަ ކުރިއެރުމާއި ކާމިޔާބީތައް ފާހަގަކޮށް އިތުރު ބާރާއި ހިތްވަރެއް ދޭން ޖެހެއެވެ.

އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އަދި އެ ކަނބަލުންނަށް ބާރެއް ލައި ދިނުމުގެ ގޮތުން "އަވަސް"ގެ މިއަދުގެ ނަމްބަރު ދިވެހި ހާއްސަކޮށްފައި ވާނީ ދިވެހި އަންހެނުންނަށެވެ. ރާއްޖޭގައި އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ކަނބަލުންގެ ތެރެއިން ބައެއް ފަރާތްތަކުގެ ވާހަކަ މިއަދުގެ ތެރެއަށް އެއްކޮށްލާފައިވާނެ އެވެ. އޭގެ ތެރޭގައި ދިވެހިންގެ ތެރޭގައި ތިބި ބައެއް ފިސާރި ކަނބަލުން ހިމެނޭ ގޮތަށް އަވަސްގެ ވީޑިއޯގްރެފީ ޓީމުން ތައްޔާރުކޮށްފައި ވީޑިއޯ އެއްވެސް ހިމެނެ އެވެ. އަވަސްގެ މި މަސައްކަތަކީ ދިވެހި އަންހެނުންނަށް ދެވުނު ހިތްވަރަކާއި ބާރަކަށް ވެގެންދާނެ ކަމަށް އުއްމީދު ކުރަމެވެ. ދިވެހި ހުރިހާ އަންހެނުންނަށް، ބައިނަލްއަގުވާމީ މި ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސް ކުރަމެވެ. އަންހެނުންނަށް ވާނެ އެވެ.