ބޭރު ކުޅިވަރު

ކުޅުން ހުއްޓާލުމުގެ ހިޔާލެއް ނެތް: ވެން ޕާސީ

Dec 13, 2014

މެންޗެސްޓާ (ޑިސެމްބަރު 13) – ކުޅުން ހުއްޓާލުމުގެ އެއްވެސް ހިޔާލެއް ނެތް ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ނެދަލޭންޑްސް ފޯވަޑް ރޮބިން ވެން ޕާސީ ބުނެފި އެވެ.

މި ސީޒަން ފެށުނުއިރު ވެން ޕާސީގެ ފޯމު ދަށްވި ނަމަވެސް، ވެން ޕާސީ ވަނީ ޔުނައިޓެޑް އެންމެ ފަހުން ކުޅުނު ތިން މެޗުގައި ތިން ލަނޑު ޖަހައިފަ އެވެ. އިނގިރޭސި ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ސައުތުހެމްޓަން އަތުން 2-1 އިން ޔުނައިޓެޑް މޮޅުވީ ވެން ޕާސީ ،31، ޖެހި ދެ ލަނޑުންނެވެ.

ވެން ޕާސީ ބުނީ އެންމެ މަތީ ފަންތީގައި "ކުރިއަށް ގިނަ އަހަރުތަކުގައި" އޭނާ ފެންނާނެ ކަމަށް ގަބޫލްކުރާ ކަމަށެވެ.

"އުމުރަކީ އަހަންނަށް އެއްވެސް މައްސަލައެއް ނޫން. އެންމެ މަތީ ފަންތީގައި ކުރިއަށް ގިނަ އަހަރުތަކުގައި އަހަރެން ފެންނާނެ ކަމަށް ގަބޫލްކުރެވޭ. އުމުރުން 30 އަހަރުވާއިރު ކުޑަ ދުވަސްކޮޅަކަށް ފޯމު ގެއްލުނަސް މީހުން ބުނާނެ ދެން ކުޅުން ހުއްޓާލަންވީއޭ،" ވެން ޕާސީ ބުންޏެވެ.