ލައިފްސްޓައިލް

އެންމެ ރީތީ ކޮން ގައުމެއްގެ އަންހެނުން؟

Mar 24, 2015
3

ރީތިކަން، އެކި މީހުން ސިފަ ކުރާނީ އެކިގޮތަށެވެ. ބައެއް މީހުންނަށް ރީތިވާ މީހާ އަނެކާ އަށް ހުތުރު ވެދާނެ އެވެ. އަހަރެމެންގެ މި ކުޑަ ކުޑަ ރާއްޖެއަށް ބަލާލިއަސް އެންމެ ރީތި އަންހެނުން އުޅެނީ އެވެނި މިވެނި ރަށެއްގައޭ ބުނާ މީހުން ވަރަށް ވެސް ގިނަ އެވެ.

ރާއްޖޭގައި ރީތި ކަމަށް އެންމެ މަޝްހޫރީ ފުވައްމުލަކު އަންހެނުންނެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް މިކަންތައް މިގޮތަށް ހިނގަ އެވެ. އެހެންވީމަ، ދުނިޔޭގެ އެންމެ ރީތި އަންހެނުން އުޅޭ 10 ގައުމަކަށް ބަލާލަމާ ހިނގާށެވެ.

މޮޑެލް ކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންމެ ރީތި އަންހެނުން ހިމެނެނީ ބްރެޒިލް އިން ނުވަތަ މި ރީޖަން އަށް ނިސްބަތްވާ ގައުމުތަކުގަ އެވެ. އޭގެ ތެރެއިން ވެސް ގިނަ މޮޑެލުންނަކީ ބްރެޒިލް އަށް ނިސްބަތްވާ އަންހެނުންނެވެ. ބްލޮންޑް އަދި ބޮރުނެޓް ބްރެޒިލިއަން އަންހެނުން އެންމެ ފާހަގަކޮށްލެވެނީ އެމީހުންގެ އާދަޔާ ހިލާފު ރީތިކަމުގެ އިތުރުން ލޫޅާފަތި ހަށިގަނޑާއި އޭގެ ވަނާތަކަށެވެ.

ބްރެޒިލްގެ މަޝްހޫރު ގިނަ އަންހެނުންގެ ގައިގެ ކުލަ މެދުވަރެއްގައި ހުރުމުގެ އިތުރުން ގައިގެ ހަންގަނޑު ރީތިކަމަށް ފާހަގަކުރެވެ އެވެ.

ގިނަ މީހުންނަށް ރަޝިއާ އަންހެނުން ރީތިވަނީ އެމީހުންގެ މަޑު ނޫކުލައިގެ ލޮލާއި، ދޮންކަމުގެ އިތުރުން ލޫޅާފަތި ހަށިގަނޑަކާއި ރީތި އިސްކޮޅުގެ ސަބަބުން ނެވެ. ރަޝިއާގެ އަންހެނުންނަށް ވެސް ހިތްބަންޑުންވާ ވަރަށް ރީތިވެފައި ބައްޓަން ވެސް ބްރެޒިލްގެ ކުދިންނަށް ވުރެ ދެރަ ނޫންކަން ފާހަގަކޮށްލަން ޖެހެ އެވެ. 

ނިކަން ފަހުން ސިޔާސީ ފޯރިގަނޑެއްގެ ތެރެއިން ރާއްޖޭގައި ވެސް "ރަޝިއާގެ އަންހެން ކުދިން" ގެ އަޑު ގަދަވެ ރީތިކަމުގެ ވާހަކަ ދެކެވިގެން ދިޔަކަން ވެސް ފާހަގަކޮށްލަން ޖެހޭނެއެއް ނޫން ހެއްޔެވެ؟

މިސް ވޯލްޑް އަދި މިސް ޔުނީވަސްގެ މަގާމު ހޯދާފައިވާ އެތަކެއް ވެނެޒުއޭލާގެ ރީތީގެ ރަނިން ވާނީ ފެނިފަ އެވެ. އެހެންކަމުން ވެނެޒުއޭލާ އަކީ ބޮޑު ގައުމެއްގައި ރީތި ހުސްކުރި ގިނަ އަންހުނުންތަކެއް ހިމެނޭ ގައުމެކެވެ. ވެނެޒުއޭލާގެ އެންމެ އާދައިގެކޮށް އުޅޭ އަންހެނުންނަކީ ވެސް އިސްކޮޅުން ދިގު، ހިމަތޮޅި ހަށިގަނޑެއްގެ އިތުރުން މޫނުމަތިވެސް އެހާމެ ރީތި އަންހެނުންނެވެ.

އެތަކެއް ނަސްލުތަކަކަށް ނިސްބަތްވާ އަދި އެތަކެއް ސަގާފަތެއް އޮންނަ އިންޑިއާ އަކީ ރީތި އެތަކެއް އަންހެނުންނެއް އެމީހުންގެ އެއް ބިލިއަން އާބާދީ އިން ނެގިދާނެ ގައުމެކެވެ. މިސާލަކަށް އައިޝްވާރިޔާ ރާއީ އެވެ.

އިންޑިއާގެ އަންހެނުން ގައިގަ ހުންނަ ޑަސްކީ ކުލަ އާއި ރީތި އޮމާން ހަންގަނޑުގެ ސަބަބުން ގިން އެކްސްޕާޓުން ދެކޭގޮތުގައި އިންޑިއާގެ އަންހެނުން ވަރަށް ރީއްޗެވެ. މީގެއިތުރުން އިންޑިއާގެ އަންހެނުން ރީތިކަން އިތުރަށް ފުރިހަމަކޮށްދޭ ކަމަކީ އޭމީހުންގެ ގައިގަ ހުންނަ އަންހެންވަންތަކަމާއި މަޑުމައިތިރު ސިފަތަކުގެ އިތުރުން އެމީހުންގެ ފަރި ހަރަކާތްތަކެވެ.

އާޖެންޓީނާގެ އަންހެނުން މަޝްހޫރުވެފައިވަނީ އަބަދުވެސް ރީތިވުމަށް މަސައްކަތްކުރާ ބައެއްގެ ގޮތުގަ އެވެ. އަބަދުވެސް ހަންގަނޑަށާއި އިސްތަށުގަނޑަށް ފަރުވާދީ، ރީތިވެގެން އަބަދުވެސް ތިބޭ ބައެކެވެ.

އާޖެންޓީނާގެ ރައީސް ކްރިސްޓީނާ ފެނާންޑޭޒް އަކީ ވެސް ރީތި ކަމަށް މަޝްހޫރު އަންހެނެކެވެ.

ރީތިވުމަށް ސަމާލުވުމުގެ އިތުރުން އެންމެ ފަހުގެ ޓްރެންޑާ އެއްގޮތަށް ހެދުން އެޅުމުގެ ވައްޓަފާޅިއާއެކު މި މީހުން ފާހަގަކުރެވެނީ ރީތިކަމުގެ އެވަރެއް ނެތް ބައެއްގެ ގޮތުގަ އެވެ.

ސްލެވިކް އަދި މެޑިޓެރޭނިއަންގެ ގައުމުތަކުން ވާރުތަކޮށްފައިވާ ރީތި ސިފަތަށް ސާބިޔާ އަންހެންކުދިންގެ ގައިގައި ހުރެ އެވެ. ސާބިޔާގެ އަންހެންކުދިންގެ ތެރެއިން ގާތް ގަނޑަކަށް 99 ޕަސެންޓް މީހުންނަކީ އިސްކޮޅުން ދިގު ލޫޅާފަތި ހަށިގަނޑެއްގެ ވެރިންނެވެ. މިމީހުންގެ ހެދުން އެޅުމުގެ ޒަމާނީ ގޮތްތަކުގެ އިތުރުން ޖާދުލެއް ފަ ދެލޮލަކީ އެތަކެއް އަންހެނުންނެއް މިމީހުންނާ ހެދި ހަސަދަވެރިވާ ކަމެކެވެ.

ސައުތު ކޮރެއާގެ އަންހެނުންނަކީ ބަލާބެލުމަށް ވަރަށް ޒުވާންކަމަށް ދައްކާބައެކެވެ. މީގެ އިތުރުން މޫނުމަތިން މައުސޫމްކަމާއި ރީތިކަމަށް ދެއްކުމުން މި މީހުންގެ ސަކަ މިޒާޖާއި ވަރަށް ގުޅޭނެ ވެސް މެ އެވެ. މި މީހުންގެ ދޮންކަމާއި ރީތި އޮމާން ހަންގަނޑާއި ކަޅު ފަން އިސްތަށިގަނޑުގެ ސަބަބުން ރީތިކަން އިތުރަށް ފުރިހަމަކޮށްދެ އެވެ. މީގެ އިތުރުން މެދުމިނެއްގެ އިސްކޮޅާއި ލޫޅާފަތި ހަށިގަނޑުގައި ރީތިކަމަށް ދައްކަ އެވެ.

ފްރެންޗް އަންހެނުން މަޝްހޫރުވެފައިވަނީ އެމީހުންގެ ޒަމާނީ ހެދުން އެޅުމުގައި ހުންނަ ވައްޓަފާޅީގެ އިތުރުން މީހުންނާ ފަސޭހައިން ގުޅިގެން އުޅުމާއި، ކަންތައްތަކާ މެދު އެމީހުން ދެކޭގޮތުގެ މައްޗަށެވެ. މީގެ އިތުރުން މި މީހުންނަށް ބްލޮންޑް އިސްތަށިގަނޑެއް ލިބިފައި ވުމާއެކު ވަރަށް އިޝްގީ ބައެއްގެ އިތުރުން ވަރަށް ސޮފިސްޓިކޭޓެޑް ބައެއްގެ ގޮތުގައި ވެސް މަޝްހޫރެވެ. 

އިޓަލީ އަންހެނުންގެ ރީތިކަން ސިފަކުރަންޏާ ބުނަން ޖެހޭނީ މިއީ ރީތިކަމުގައި އަރާތިބި ބައެއްކަމަށެވެ. ގިނައިން އޮލިވް ކެއުމުގެ ސަބަބުން މި މީހުންގެ ހަންގަނޑު ރީތި ވެފައި އޮމާން ކަމަށް ބުނެވެ އެވެ. މުށި ކުލައިގެ ރީތި އިސްތަށިގަނޑާއި އުޅޭ މާހައުލާއި ސުލޫކުގެ ސަބަބުން މި މީހުންވަނީ ވަރަށްވެސް ރީތި އަންހެނުންނަށެވެ.

ދުނިޔޭގައި ތިބި އެންމެ ރީތި މީހުން ތިބީ ޔޫކްރެއިންގައޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ. މިމީހުންނަކީ ވަރަށް އާދައިގެ ގޮތަކަށް ތިބޭ ބައެކެވެ. އެކަމަކުވެސް މިމީހުންގެ ރީތިކަމުން އެތައް ބައެއްގެ ހިތް ފަތަހަ ކުރަމުންދާ ބައެކެވެ. އުޅޭ އުޅުމުގައާއި ސިފަ އެންމެ ބޮޑަށް ވައްތަރުވަނީ ރަޝިއާ މީހުންނާ އެވެ. މި މީހުންނަކީ އަބަދުވެސް ރީތިވުމަށް މަސައްކަތް ކުރާ ބަޔަކަށް ވެފައި އަބަދުވެސް އެމީހުންގެ އަންހެންވަންތަކަން ދައްކުވަދޭ ހެދުން އެޅުމަށް އެމީހުން އަބަދުވެސް ސަމާލުކަންދެ އެވެ.