ހަބަރު

ނުކުޅެދޭ ހަތަރު ކުއްޖަކަށް އެމްއެންޑީއެފްއިން އިލެކްޓްރިކް ވީލް ޗެއާ ދީފި

Mar 11, 2017

ނުކުޅެދުންތެރިކަން ހުންނަ ހަތަރު ކުއްޖަކަށް އެމްއެންޑީއެފްއިން އިލެކްޓްރިކް ވީލްޗެއާ ހަދިޔާކޮށްފިއެވެ. މި ހަތަރު ކުދިންނަކީ ހއ. އިހަވަންދޫއަށް ނިސްބަތްވާ ހަތަރު ކުދިންނެވެ.

އެމްއެންޑީއެފްއިން މި ހަތަރު ވީލް ޗެއާ ހަދިޔާކުރީ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒް އިން ކުރިޔަށްގެންދިޔަ މަލްޓި މީޑިއާ އެންޑް ވެބް ޑިޒައިނިން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގަ އެވެ. ވީލް ޗެއާ އެ ހަތަރު ކުދިންނަށް ހަދިޔާ ކޮށްދެއްވީ ޗީފް އޮފް ޑިފެންސް އަހުމަދު ޝިޔާމެވެ. މި ރަސްމިއްޔާތުގައި މެޑަމް ފާތިމަތު އިބްރާހިމް ވެސް ބައިވެރިވަޑައިގަތެވެ.

ރޭ ވީލް ޗެއާ ހަދިޔާކޮށްފައިވަނީ، ހއ. އިހަވަންދޫ، ދޯދި ހުސައިން ޝަރީފް، ތެމާ، ހުސައިން ސަލީމާއި އަބްދުﷲ ސާމިލު އަދި ބަހަރީ، މުހައްމަދު މާއިޒަށެވެ.

ހަތަރު ކުދިންގެ ތެރެއިން ހުސައިން ސާލިމް އަދި އަބްދުﷲ ސާލިމަށް ވަނީ ސިފްކޯގެ ވެބްސައިޓް ހެދުމާއި ބެެލެހެއްޓުމުގެ ވަޒީފާ ސިފްކޯއިން ދީފަ އެވެ. ހަތަރު ކުދިންނަކީ ވެސް އިހަވަންދޫގައި އެމްއެންޑީއެފްއިން ކުރިޔަށް ގެންދިޔަ މަލްޓި މީޑިއާ އެންޑް ވެބް ޑިޒައިނިން ކޯސް ފުރިހަމަ ކުރި ދަރިވަރުންނެވެ.