ހަބަރު

މާފުށީ ޖަލަށް ވައްދަން އުޅުނު ޑްރަގްތަކެއް އަތުލައިގަންފި

މާފުށީ ޖަލުގެ ގައިދީ އަކަށް ފޮނުވި އަންނައުނުތަކެއްގެ ތެރޭ ފޮރުވާފައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ކަރެކްޝަނަލް ސާވިސް އިން ބުނީ، މި ތަކެތި ފެނިފައި ވަނީ އިއްޔެ އެ ގައިދީގެ އާއިލާއިން ފޮނުވާފައިވާ އަންނައުނު ތަކެއް ފާސް ކުރުމުންނެވެ.

މިފަދަ ކަންކަން ކުށްވެރިކުރަމުން އެމްސީއެސްއިން ބުނީ، މިފަދަ ގޮތަކަށް ޖަލުތަކަށް ވެއްދުން މަނާ ތަކެތި އެތެރެ ކުރުމަކީ ހުކުމް ތަންފީޒުކުރާ ގައިދީން އިސްލާހުވުމަށް އެޅޭ ވަރަށް ހުރަހެއްކަމަށެވެ. އަދި މިއީ ރަނގަޅުގޮތުގައި ގައިދީންނާއި ބައްދަލުވާ އާއިލާ ތަކަށް ކުރެވޭ ބޭއިންސާފެއް ކަމަށާއި މި ފަދަ ކަންކަން ނުކުރުމަށް އެފަރާތުން އާންމުންނަށް އިލްތިމާސްކުރި އެވެ.

ފަހަކަށް އައިސް ޖަލަށް ވެއްދުން މަނާ ތަކެތި އެކި ގޮތްގޮތަށް ފޮރުވައިގެން ޖަލަށް ވެއްދުމަށް މަސައްކަތް ކުރުމުުގެ މައްސަލަ އަންނަނީ އިތުރުވެފަ އެވެ.