ޓެކްނޯލޮޖީ

ޕީއެސް 4 ގޭމްތައް ވެސް ޕީސީއަށް

ޕީއެސް 4 ގޭމްތައް ޕީސީއިން ކުޅެވޭ ހިދުމަތެއް ތައާރަފު ކުރުމަށް ސޮނީއިން ނިންމައިފި އެވެ.

މި ހިދުމަތް އެ ކުންފުނިން ދިނުމަށް ހަމަޖެހިފައިވަނީ މިހާރުވެސް ދެމުން އަންނަ ޕީއެސް ނައުގެ ދަށުންނެވެ. މިހާރު ޕީއެސް ނައުގެ ހިދުމަތުގެ ދަށުން 480 ޕީއެސް 3 ގޭމް ޕީސީ އިން ކުޅެވޭއިރު ޕީއެސް 4 ގޭމްތައް ކުރިއަށް އޮތް ދެތިން ހަފުތާގެތެރޭ ކުޅެވޭނެ ކަމަށް އެ ކުންފުނީގެ "ދަ ޕްލޭސްޓޭޝަން ބްލޮގް" ގައި އިއުލާން ކޮށްފައި ވެއެވެ.

ސޮނީ އިން ބުނިގޮތުގައި، ޕީއެސް 3 އާއި 4 ގޭމްތައް ވެސް ހިމެނިފައިވަނީ އެއް ސަބްސްކްރިޕްޝަނެއްގެ ދަށު ގައެވެ. އަދި ޕީއެސް ނައުގެ ހިދުމަތުން ނަގަމުން އަންނަ 20 ޑޮލަރުގެ ފީ އަށް ބަދަލެއް ނާންނާނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

ދެހާސް ސާދަވަނަ އަހަރު ޕްލޭސްޓޭޝަން ނައު ގެ ހިދުމަތް ދޭން ފަށާފައި ވާއިރު ޕީސީއިން އެ ގޭމް ތައް ކުޅެވޭ ހިދުމަތް ތައާރަފް ކުރީ މިދިޔަ އަހަރު އެވެ.