ކުޅިވަރު

ބައިނަލްއަގްވާމީ ތައްޓާއެކު ޓީސީއަށް ރައީސްގެ އާ ޗެލެންޖް

ދެހާސް ފަނަރަ ވަނަ އަހަރު، ޓީސީ ސްޕޯޓްސް ކުލަބު ފުރަތަމަ ޑިވިޝަންގައި އަލަތު އަހަރު، ދިވެހި ޕްރިމިއާ ލީގްގެ ދެ ވަނަ ހޯދުމުން، ޓީސީގެ އެ އަހަރުގެ ކާމިޔާބު ފާހަގަ ކުރަން ދަރުބާރުގޭގައި ބޭއްވި، ރަސްމިއްޔާތުގައި ރައިސްސްލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން، ވަނީ ޓީސީ އަށް ޗެލެންޖެއް ކުރައްވާފަ އެވެ.

"ޓީސީ އަށްވެސް ދަންނަވާލާނީ، ބައިނަލްއަގްވާމީ މުބާރާތެއްގައި، ވާދަ ކުރާން ހިޔާލު ކުރާ ކަމަށް ވަންޏާ، ސަރަހައްދީ މުބާރާތެއްގައި ވާދަ ކުރާން، ހިޔަލު ކުރަ ކަމަށް ވަންޏާ، ތިޔަބޭފުޅުން ގެންގުޅޭ، ކޯޗަށް، މެނޭޖަރަށް ދަންނަވާލަނީ ބްރޯންޒް މެޑަލްގެ ވާހަކަ ނުދައްކަޗޭ އެއްވެސް ގޮތަކަށް، އެންމެ ދަށުން ފަށަން ވާނީ ސިލްވާއިންނޭ، ގޯލްޑެއް ހޯދަން މަސައްކަތް ކުރަންވާނީ،" 2015 ވަނަ އަހަރު ސީޒަންގައި ޓީސީ ހޯދި ކާމިޔާބު ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމިން ވިދާޅުވެފައި ވެއެވެ.

ރައީސް އަބްދުﷲ ޔާމީން ކުރެއްވި ޗެލެންޖް، ޓީސީއިން ފުރިހަމަ ކޮށްފި އެވެ. ރޭ ބޭއްވި އެ ހަފުލާ އެވެ. ބައިނަލްއްގްވާމީ މުބާރާތުން، ރަން މެޑަލް ހާސިލުކޮށްގެން، އެ ކާމިޔާބު ފާހަގަ ކުރުމަށް ބޭއްވި ހަފުލާ އެވެ. ރޭގެ ހަފުލާގައިވެސް ރައީސް ޔާމީން ވަނި އަނެއްކާވެސް، ޓީސީ އަށް ޗެލެންޖްތަކެއް ކުރައްވާފަ އެވެ.

ރޭގެ ރަސްމިއްޔަތުގައި އެމަނިކުފާން، މައުލޫއަށް ފެއްޓެވިވެސް، ޓީސީ އަށް އިތުރު ޗެލެންޖަެއް ކުރައްވާނެ ކަމުގެ، އިޝާރާތް ދެމުންނެވެ. އޭގެކުރިން، އެމަނިކުފާން ދެއްވީ ޓީސީގެ ކުޅުންތެރިންނަށާއި މުޅި ކުޅިވަރު އާއިލާއަށް ބޭނުންތެރިން އިރުޝާދެކެވެ.

"ޓީސީ، މިހާސިލު ކުރި، ރަން ވަނަ ހޯދި ކުޅުންތެރިން ކައިރީ އަޅުގަނޑު ބުނެލަން ބޭނުން ވަނީ، އެންމެ މުހިންމު ކަމަކީ ހަމަ ވަރުގަދަ އަށް ކޯޗްގެ އިރުޝާދާ އެކީ، ޓީމު ވޯކް މެނޭޖްކަުަރަން އެނގުން، ދެ ވަނަ ކަމަކަށް ވާންވަނީ، ދަނޑަށް އަރާއިރުވެސް އަޒުމު ކަނޑައަޅަން ވާނީ ކުރިބޯއްޓާ ހަމަޔަށް ދާން،"

ދެން މިއޮތީ ޓީސީ އަށް ރައީސްގެ މިފަހަރު ޗެލެންޖެވެ.

"އަޅުގަނޑުގެ ޗެލެންޖަކީ، ނެޝަނަލް ޓީމު ސްކޮޑެއް ދެން އެކުލަވާލާލާއިރު، ސާފް ގޭމްސް އަށް ދާން އެކުލަވާލާއިރު، އޭގެ 50 ޕަސަންޓް ޓީސީގެ ކުޅުންތެރިންނަށް ހައްދަވާ، އެހެންވީމަ ނެޝަނަލް ސްކޮޑްގެ 50 ޕަސަންޓް ޓީސީގެ ކުޅުންތެރިންނަށް ހައްދަވައިފި ކަމަށްވަންޏާ ޓީސީ ތި ދަނީ އެއް ސްޓެޕަކުން އަނެއް ސްޓެޕަކަށް ނޫން، އެއް ސްޓެޕުން ބޮޑު އަނެއް ސްޓެޕަށް ޖަންޕް ތި ކުރަނީ، އެހެންވީމަ ކަނި ގޯޅިން ހަގީގަތުގައި ހައި ވޭ އަކަށް ދެވޭ ވަރު އަޅުގަނޑު މި ޗެލެންޖް ކުރަނީ،" ރައީސް ވިދަޅުވި އެވެ.

ރައީސްގެ އަނެއް ޗެލެންޖަކީ، ޓީސީ މިހާރު އޮތް މަގާމު ސޮއްސާލައިގެން ނުގޮސް، ހިފެހެއްޓުމާއެކު، އެއަށް ވުރެ މައްޗަށް ދިއުމެވެ.

ރައީސްގެ ޗެލެންޖާ ގުޅިގެން ޓީސީގެ ކޯޗް މުހައްމަދު ނިޒާމު އަވަސްއާ ވާހަކަ ދައްކަމުން ބުނީ، އެޗެލެންޖަކީ ހަމަ އެކަނި ޓީސީ އަށް ހާއްސަ ޗެލެންޖެއް ނޫން ކަމަށާއި މުޅި ފުޓްބޯޅަ އަށް ދެއްވި ޗެލެންޖެއް ކަމަށެވެ. އަދި އެގޮތަށް މުޅި ފުޓްބޯޅަ އާއިލާ ދެކެން ޖެހޭ ކަމަށް ނިޒާމް ބުންޏެވެ.

"ދެން ހާއްސަކޮށް ޓީސީގެ ންން ވިދާޅުވެފަ އެ ކުރި ޗެލެންޖަކީ، ހަސިލު ނުކުރެވޭވަރުގެ ޗެލެންޖެއް ނޫން ގައުމީ ސްކޮޑުގެ 50 ޕަސަންޓް ކުޅުންތެރިން މަސައްކަތް ކޮށްފިއްޔާ ހަމަގައިމުވެސް ތީސީގެ ފުރަތަމަ 11 ގައި އެ ކުޅޭ ކުޅުންތެރިން ނަކީ ގައުމީ ސްކޮޑުގައި ހިމެނޭނެ ވަރު ކުޅުންތެރިން، އެކުޅުންތެރިން އިތުރަށް މަސައްކަތް ކޮށްލަން ޖެހޭނީ،" ނިޒާމް ބުންޏެވެ.