މާރާމާރީ ހިންގުން

މާރާމާރީއަކާ ގުޅިގެން ދެމީހަކު ހޯދަން ފަށައިފި

ފުލުހުން ތަހުގީގު ކުރަމުންދާ މާރާމާރީގެ މައްސަލައަކާއި ގުޅިގެން ދެމީހަކު ހޯދަން އިއުލާން ކޮށްފި އެވެ.

މާރާމާރީގެ މި މައްސަލައާ ގުޅިގެން ފުލުުހުން ހޯދަން އިއުލާން ކޮށްފައިވާ ދެ މީހުންނަކީ ލ. ގަން / ތުނޑީ، ކުރިބޯށި، އަޙްމަދު ޝަމީމް 26، އާއި އެރަށު ތުނޑި، ބްލޫލައިޓް، އަޙްމަދު އަޝްފާގު 23، އެވެ.

މި ދެ މީހުންގެ މައްޗަށް ތުހުމަތުވާ މައްސަލައިގެ އިތުރު މައުލޫމާތެއް ފުލުހުން ނުދެ އެވެ. ނަމަވެސް އެމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ އެކަން ފުލުހުންނާ ހިއްސާ ކޮށްދިނުމަށް އެދިފައިވެއެވެ.