ލައިފްސްޓައިލް

އެސިޑުން އަންދާފައިވާ މޫނުތަކުގެ ތަފާތު ފޮޓޯ އެއް

Mar 22, 2017

ދުވަހަކު ވެސް ފިލައިގެން ނުދާ ވަރުގެ ލައްގަނޑެއް ލައްވާލުމަށް ނުވަތަ ކޮންމެވެސް ސަބަބަކާ ހެދި ބަދަލު ހިފާލަން މީހުންގެ މޫނަށް އެސިޑް ޖެހުމަކީ ބައެއް ގައުމުތަކުގައި އާންމު ކަމެކެވެ. މި ސަރަހައްދުގައި އިންޑިއާ އާއި ޕާކިސްތާނުގައި އެކަން ވަރަށް ބޮޑެވެ.

އެސިޑް އެޓޭކްތަކާ އެތައްހާސް އަންހެނުންނަކާ ކުރިމަތިލާންޖެހިފައިވާއިރު، ބައެއް މީހުންގެ ލޯ އަނދިރިވެ، މޫނުގެ ސިފަ ވަކިނުވާ ވަރަށް ބަދަލުވެފައިވާއިރު ބައެއް މީހުންނަކީ އެމީހުންގެ އަތުން އެއްވެސް ކަމެއް ނުކުރެވޭ މީހުންނެވެ.

މިހެން ދިމާވުމުން ގިނަ އަންހެނުން ބާކިވެ ނިކަމެތިވެފައިވާއިރު އެފަދަ މީހުންނާއި ކައިވެނިކުރާނެ ބަޔަކު ވެސް ނުވެ އެވެ.

ސްޓޮޕް އެސިޑް ކެމްޕެއިންގެ ދަށުން ވަނީ މިފަދަ އަނިޔާ ލިބޭ ފަރާތްތަކުގެ އަޑު ދުނިޔެއަށް އިއްވަން ފަށާފަ އެވެ. އެގޮތުން އިންޑިއާގެ ދިއްލީގައި އުޅޭ ފޮޓޯގްރާފައެއް ކަމަށްވާ ނިރާޖް ގެރާ ވަނީ އެފަދަ ބައެއް ފަރާތްތަކުގެ ފޮޓޯތައް ދައްކުވާލާފަ އެވެ.

އާންމުކޮށްފައިވާ ފޮޓޯތަކުގައި އެފަދަ ފަރާތްތަކުގެ އިހުސާސް އާއި ހިތްަދަތި ދިރިއުޅުން ފޮޓޯ ތަކުން ދައްކުވައިދީފައިވެ އެވެ.