އުރީދޫ

ފިލްމު ބަލައިލެވޭ ސްޕޫލް އެޕް އުރީދޫއިން ތައާރަފް ކޮށްފި

ދިހަ ހާސް ގަޑިއިރުގެ ފިލްމްތައް އެކުލެވޭ، މަގްބޫލް އެންޓަޓެއިންމެންޓް ޕްލެޓްފޯމެއް ކަމަށްވާ ސްޕޫލް އެޕްގެ ޕްރީމިއަމް ވާޝަން އުރީދޫއިން ރާއްޖެއަށް މިއަދު ތައާރަފްކޮށްފި އެވެ.

އުރީދޫއިން މި އެޕް ތައާރަފް ކޮށްފައިވަނީ، މިއަދު އުރީދޫ އޮފީހުގައި ބޭއްވި ހަފްލާއެއްގަ އެވެ. އެ ކުންފުނީގެ ޕަބްލިކް ރިލޭޝަންސްގެ އެސިސްޓެނެޓް މެނޭޖާ ނޫރާ އިބްރާހިމް ޒާހިރު ވިދާޅުވީ މި އެޕަކީ ބޮލީވުޑް ގެ ފިލްމްތަކަށް ހާއްސަ ކޮށްގެން ތައާރަފް ކޮށްފައިވާ އެޕެއް ކަމަށާއި އެޕް މެދުވެރިކޮށް ކުރީގެ ހިންދީ ފިލްމް ތަކުން ފެށިގެން އެންމެ ފަހުގެ ފިލްމްތައް ވެސް ބަލައިލެވޭނެ އެވެ. އަދި ވިދާޅުވީ އެ ޕްލެޓްފޯމް ފޯރުކޮށްދޭ ފިލްމްތައް ކޮންމެ ސްމާޓް ޑިވައިސް އެއްގައި ވެސް ބަލާލެވޭނެ ކަމަށެވެ.

"އެންމެ ހާއްސަ ކަމަކީ، މި އެޕްގެ ޒަރިއްޔާއިން ބަލާ ފިލްމްތައް މެދުކަނޑާލުމަށް ފަހު މެދުކަނޑާލި ހިސާބުން ބަލާލެވޭނެ. އަދި ބޭނުން ކޮންމެ ވަގުތެއްގައި މި އެޕްގެ ޒަރިއްޔާއިން ފިލްމް ބަލާލެވޭނެ. އަދި ފިލްމް ގެ މެދުތެރޭގައި އެއްވެސް އިޝްތިހާރެއް ނައިސް ނިމެންދެން ފިލްމް ބަލާލެވޭ. ފިލްމް ޑައުންލޯޑް ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފަރާތްތައް ބޭނުން ކޮލިޓީ އެއްގައި ފިލްމް ޑައުންލޯޑް ކުރުމުގެ ފުރުސަތު ވެސް އޮންނާނެ،" ނޫރާ ވިދާޅުވި އެވެ.

މި އެޕްލިކޭޝަން މިއަދު ތައާރަފް ކޮށްފާ ވާއިރު، އުރީދޫއިން ވަނީ މި އެޕްލިކޭޝަނަށް ތަފާތު ހަތަރު ޕެކޭޖެއް ވެސް ތައާރަފް ކޮށްފަ އެވެ. މި ޕެކޭޖްތަކުގައި ހިމެނެނީ، އެއް ދުވަހުގެ ޕެކޭޖަކާއި، 10 ދުވަހުގެ ޕެކޭޖަކާއި، 30 އަދި 90 ދުވަހުގެ ޕެކޭޖެކެވެ.

މިއިން ކޮންމެ ޕެކޭޖަކަށް ވެސް ފައިސާ ކެނޑޭނީ އެ ކަސްޓަމަރެއްގެ ފޯނުންނެވެ. މި އެޕް ބޭނުން ކުރުމަށް "ގޯ" ޖެހުމަށްފަހު 4545 އަށް މެސެޖެއް ކުރުމުން ސަބްސްކްރައިބް ކުރެވޭނެ އެވެ.