ކަނޑުމަތީގެ ހާދިސާ

ފުނަދޫއަށް މުދާ އުފުލާ ދޯނި އެރަށު ނެރުމައްޗަށް އުރިއްޖެ

އެސްޓީއޯގެ ތެޔޮ ރައްކާކުރާ ރަށް، ފުނަދޫ ނެރުމައްޗައް މުދާ އުފުލާ ދޯންޏެއް އަރައިފި އެވެ. މި ހާދިސާގައި މީހަކަށް ގެއްލުމެއް ނުވެއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސާ އާޒިމް އިބްރާހިމް ވިދާޅުވީ ފުނަދޫ ނެރުމައްޗަށް އުރުނީ "ފެސްކޯ" ނަމަކަށް ކިޔާ ދޯންޏެއް ކަމަށާއި މިއަދު ހެނދުނު އެ ހާދިސާ ހިނގުމާއެކު ކޯސްޓު ގާޑުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށާއި މުދާ އުފުލާ، ހަތްދިހަ ފަސް ފޫޓުގެ ދޯނީގައި ހުރިމުދާތައް އެހެން ދޯންޏެއްގެ އެހީގައި ބާލަމުން އަންނަ ކަމަށެވެ

އެ ދޯންޏަކީ ފޮނަދޫއަށް މުދާ ހިފައިގެން އައި ދޯންޏެކެވެ. އެ ދޯނި އުރުނު އިރު އޭގައި ހުރީ ސިމެންތި އެވެ.