ކުޅިވަރު

ރާއްޖެ ބަލިކޮށް ކިރިގިސްތާނަށް ރަނގަޅު ފެށުމެއް

Mar 22, 2017

މިއަދު ރާއްޖޭގައި ފެށި އޭޝިއާގެ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި، ދިވެހި ޓީމުގެ މައްޗަށް ކާމިޔާބު ހޯދައި، ކިރިގިސްތާނުން މުބާރާތުގެ ފެށުން ރަނގަޅު ކޮށްފި އެވެ.

ސޯޝަލް ސެންޓަރުގެ ސެމީނާ ރޫމުގައި މިއަދު ކުޅުނު މެޗު، ކިރިގިސްތާނުން ކާމިޔާބު ކުރީ ސީދާ ތިން ސެޓުން ނެވެ.

ފުރަތަނަ ސެޓް ގައި، ކިރިގިސްތާނަށް ވުރެ ރަނގަޅަށް ގޭމް ފެށީ ރާއްޖޭގެ ޓީމެވެ. ރާއްޖެ 20 ޕޮއިންޓާށް ދިޔަ އިރު، ހަތަރު ޕޮއިންޓްގެ ލީޑެއްވެސް ރާއްޖޭގެ އަތުގައި އޮތެވެ. ނަމަވެސް، ސެޓްގެ އެންމެ ފަހު ވަގުތު ކުރި އަރައި، ކިރިގިސްތާނުން ސެޓް ކާމިޔާބު ކުރީ، 25-22 ން ނެވެ.

ކިރިގިސްތާން، ގޭމްބޮޅް ޕޮއިންޓްގައި ވަނިކޮށް، ރާއްޖެއަށް ސާވިސް އެއް ލިބުނު ނަމަވެސް، ކިރިގިސްތާނަށް ސެޓް ލިބުނީ، ތަޖުރިބާ ކާރު ކުޅުންތެރިންޔާ އަހްމަދު އަބްދުލް ކަރީމް (ލޯންގޭ) ކުރި ސާވިސް، ބާރު ކަމުން އެބޯޅަ ބޭރަށް ދިއުމުން ނެވެ.

ދެ ވަނަ ސެޓް ރާއްޖެ އަށް ލިބިދާނެ ހެންވެސް ހީވިއެވެ. 24 ޕޮއިންޓާއެކު ރާއްޖެ ގޭމްބޯލް ޕޮއިންޓްގައި ވަނިކޮށް، ކިރިގިސްތޏާް ޓީމު ވަނީ ފަހަތުން އަރައި، އަނެއްކާވެސް ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެއަށްފަހު ގޭމް ޕޮއިންޓް ބަދަލުވަމުން އައިސް، އެންމެ ފަހުން، ގޭމް ޕޮއިންޓް 32 އަރައި ކިރިގިސްތާން ޓީމުން ސެޓް ކާމިޔާބު ކުރީ 33-31 ން ނެވެ.

ދެ ވަނަ ސެޓް ދިޔައީ ތަފާތު ކޮށެވެ. ކުރިން ދެ ސެޓާ ހިލާފަށް ލީޑް ކުރަމުން ދިޔައީ، ކިރިގިސްތާނުން ނެވެ. އެޓީމުން ސެޓް ކާމިޔާބު ކުރީ ފަސް ޕޮއިންޓްގެ ތަފާތަކުން 25-20 ން ނެވެ.

މުބާރާޓުގައި، މާދަމާ ކުޅޭ މެޗުގައި ބައްދަލު ކުރާނީ، ތުރުކްމުނިސްތާނާއި ނޭޕާލެވެ.