މިދިޔަ ދެ ރޭވެސް ބިދޭސީންތަކަކަށް ހަމަލާދީފައި ވަނިކޮށް މިރޭ ވެސް ބިދޭސީއަކަށް ހަމަލާދީ އަނެއްކާ ވެސް ޒަހަމްކޮށްލައިފި އެވެ.
ފުލުހުން ބުނީ އެ ހަމަލާތައް ދެމުން އަންނަނީ ބަޔަކު ރާވައިގެން ކަމަށާއި އެކަން ކުރާ ބަޔަކު ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި ބަޔަކު މާލޭގެ އެކި ތަންތަނުގައި ހުޅުޖަހައި މުޖުތައުގައި ބިރުވެރިކަން އުފައްދަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
މާރާމާރީތައް އިތުރުވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލުން މިނިވަންކުރަން ކަމަށް ބުނެ އެމްޑީޕީ އާއި އަދާލަތު ޕާޓީއިން ކޮންމެ ރެއަކުހެން މުޒާހަރާތައް ބާއްވަން ފެށުމާ އެކު އެވެ.