އައްޑޫ ސިޓީ

އައްޑޫ ކައިރިއަށް ބިންހެލުމެއް، ރާއްޖެއަށް ނުރައްކަލެއްނެތް

Mar 24, 2017

ދެކުނުގެ އައްޑޫ އަތޮޅުގެ 755 ކިލޯ މީޓަރު ބޭރަށް ރިކްޓާ މިންގަނޑުން ފަސް މެގްނިޓިޓިއުޑްގެ ބިންހެލުމެއް އަތުވެއްޖެ އެވެ.

ކަނޑުގެ 10 ކިލޯ މީޓަރުގެ އަޑިއަށް މި ބިންހެލުން އައިސްފައި ވަނީ މިއަދު އިރުއޮއްސުނު ވަގުތު ގާތްގަނޑަކަށް 6:30 އެހާކަންހާއިރު އެވެ. ނަމަވެސް ރާއްޖޭގެ މީޓިއޮރޮލިޖިކަލް ސެންޓަރުން ބުނީ އެ ސަރަހައްދަށް ބިން ހެލުމެއް އައިނަމަވެސް ރާއްޖެއަށް ނުރައްކަލެއް ނެތް ކަމަށެވެ.

މީގެ އަހަރެއްހާ ދުވަސްކުރިން ވެސް އައްޑޫ ސިޓީ ހިމެނޭ ސަރަހައްދަށް ބިންހެލުމެއް އައެވެ. އެ ބިންހެލުމުގައި ވެސް ރާއްޖެއަށް ނުރައްކަލެއްވެފައި ނުވާއިރު މީގެ ފަސް މަސް ދުވަސްކުރިން ޅ. ނައިފަރު ކައިރިއަށް ވެސް ކޮންމެވެސް ވަރެއްގެ ބިން ހެލުމެއް އައި ކަމަށް ރިކޯޑް ކުރެވުނެވެ. އެ ފަހަރުވެސް ބިންހެލުން އައީ ކަނޑުގެ 10 ކިލޯ މީޓަރު އަޑިއަށެވެ.