އިޒުރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި އާބާދީތައް ހެދުން ހުއްޓައިލުމަށް ގޮވާލައި އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކުރި ގަރާރަށް އިިޒުރޭލުން އެއްގޮތަކަށް ވެސް އިޖާބަދީފައި ނުވާ ކަމަށް އދ. އިން މެދު އިރުމައްޗަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ނިކޮލޭ މުއިޑްނޯފް ވިދާޅުވެއްޖެ އެވެ.
އދ. ގެ ސަލާމަތީ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން މުއިޑްނޯފް ހުކުރު ދުވަހު ވިދާޅުވީ އާބާދީތައް ހެދުން ހުއްޓައިލަން ގޮވާލައި ގަރާރެއް ފާސްކުރި ފަހުން އާބާދީތައް ހެދުމުގައި އިޒްރޭލުން ހޯދާަފައިވާ ކުރިއެރުންތަކުގެ ސަބަބުން، ފަލަސްތީނުގެ ދައުލަތެއް އުފެއްދުމަށް ކުރާ މަަސައްކަތަށް ހުރަސް އެޅިފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން ހުޅަނގު އައްސޭރީގެ ބިންތައް ބައިބައިވުން އިތުރުވެފައިވާ ކަމަށެވެ.
ހިފާފައިވާ ބިންތަކުގައި އާބާދީތައް ހެދުން ވަގުތުން ހުއްޓާލަން އިޒްރޭލަށް ގޮވާލައި އދ. ގެ ސަލާމަތީ މަޖިލީހުން ގަރާރެއް ފާސްކުރީ މިދިޔަ އަހަރު އެވެ. އެ ގަރާރަކީ އިޒްރޭލާ ދެކޮޅަށް ފާއިތުވި އަށް އަހަރުގެ ތެރޭގައި ފާސްކުރި ފުރަތަމަ ގަރާރެވެ. ސަލާމަތީ މަޖިލީހަށް އެގަރާރު ހުށަހެޅީ ނިއުޒީލޭންޑާއި މެލޭޝިއާ އާއި ސެނެގާލް ގުޅިގެންނެވެ. އެ ގައުމުތަކުން ގަރާރު ހުށަހެޅީ އެ ގަރާރު ފުރަތަމަ ހުށަހެޅި މިސްރުން ގަރާރު އަނބުރައި ގެންދިއުމުންނެވެ. މިސްރުން ގަރާރު އަނބުރާ ގެންދިޔައީ އެމެރިކާގެ ރައީސް ކަމަށް އިންތިހާބުވެ ވަވަޑައިގެން އަދި ހުވައި ނުކުރައްވާ އޭރު ހުންނެވި ޑޮނަލްޑް ޓްރަމްޕް ބާރު އަޅުއްވައިގެންނެވެ.
އެމެރިކާއަކީ އިޒްރޭލަށް ވަރަށް ބޮޑަށް އެހީތެރިވާ ގައުމެކެވެ. އެގައުމުން އިޒްރޭ އަހަރަކު ތިން ބިލިޔަން ޑޮލަރުގެ އެހީ ދެއެވެ.