ހަބަރު

މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑި ދަތިތަކާ ކުރިމަތިވެއްޖެ

މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓްގެ ހިދުމަތް ކެނޑި ގިނަ އަދަދެއްގެ މީހުނަށް ދަތިތަކާ ކުރިމަތިވެއްޖެ އެވެ. މިއަދު އެ ސަރަހަދުތަކަށް ގާތްގަނޑަކަށް ބައިގަޑިއެއްހާއިރަށް ކަރަންޓްގޮސްފައި އޮތެވެ.

ސްޓެލްކޯގެ ޑެޕިއުޓީ ޑިރެކްޓާ އަބްދުﷲ ނާޒިރު ވިދާޅުވީ މިއަދު ކަރަންޓް ކެނޑެން މެދުވެރިވީ އެ ކުންފުނިން މާލެއަށް ކަރަންޓްދޭ މައި އިންޖީނު ގޭގައި ބޭނުން ކުރަމުން އަންނަ އެންމެ ބޮޑު ދެ އިންޖީނު ކުއްލި ގޮތަކަށް ނިވިގެން ކަމަށެވެ.

"ކަރަންޓް ކެނޑުނު ބޮޑު ބަޔަކަށް އެހެން ނަމަވެސް މިހާރު ވަނީ އޭގެ ބައެއް ސަރަހައްދުތަކަށް އަލުން ކަރަންޓް ދެވިފައި ވާނި. އަދި ކަރަންޓް ނުލިބި އޮތް ސަރަހައްދު ތަކަށް ވަރަށް އަވަހަށް ކަރަންޓް ދޭނެ،" ނާޒިރު ވިދާޅުވި އެވެ.

މިއަދު ކުއްލިގޮތަކަށް މާލޭގެ ބޮޑުބަޔަކުން ކަރަންޓް ދިޔައިރު މި މަހުގެ ފަސްވަނަ ދުވަހު މުޅި މާލެ އިން ކަރަންޓް ކެނޑި، އޭގެ ސަބަބުން ފެނާއި މުއާސަލާތީ ހިދުމަތަށް ބުރޫއަރައި ބޮޑެތި ދަތިތަކާ ކުރިމަތިވި އެވެ. ވެރިރަށް މާލޭގައި ދެލައްކަށްވުރެ ގިނަ މީހުން ދިރިއުޅެ އެވެ.