ރާއްޖޭގައި މިހާރު ކުރިއަށްދާ، އޭޝިއާގެ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި، މިއަދު މުބާރާތުގެ އެންމެ ބޮޑު ފެވަރިތެއްގެ ގޮތުގައި އޮތް ކިރިގިސްތާނުން، ތުރުކްމުނިސްތާން އައްދަށު ވެއްޖެ އެވެ.
މިއަދުގެ މެޗު ތުރުކުމުނިސްތާން ކާމިޔާބު ކުރީ، ކިރިގިސްތާން ފުރަތަމަ ދެ ސެޓް ކާމިޔާބު ކޮށްފައި ވަނިކޮށް ފަހަތުން އަރައިން އަނެއް ތިން ސެޓް ކާމިޔާބު ކޮށް، 3-2 ސެޓުން ނެވެ.
ފުރތަމަ ސެޓް ކިރިގިސްތާން ކާމިޔާބު ކުރީ، 25-22 ން ނެވެ. ދެ ވަނަ ސެޓް ކާމިޔާބު ކުރީ 25-21 ން ނެވެ.
ތިން ވަނަ ސެޓް ކާމިޔާބު ކޮށް މެޗު ކާމިޔާބު ކުރުމަށް ކިރިގިސްތާން އުންމީދު ކުރިނަމަވެސް ތުރުކްމުނިސްތާން ތިން ވަނަ ސެޓް ކާމިޔާބު ކުރީ ފަސް ޕއޮިންޓްގެ ލީޑަކާ އެކު، 25-20 ން ނެވެ.
ހަތަރު ވަނަ ސެޓް ކާމިޔާބު ކުރީ ހަތަރު ވަނަ ސެޓްވެސް ކާމިޔާބު ކުރީ 25-20 ނެވެ. އެންމެ ފަހު ސެޓް ވަރަށް ވާދަވެރި ކަމާއެކު ގޮސް ތުރުކްމުނިސްތާން ކާމިޔާބު ކުރީ 16-14 އިން ނެވެ.
މި މެޗުން މޮޅުވުޔމުން ތުރުކްމުނިސްތާނަށް ވަނީ ފައިނަލަށް ދިއުމުގެ އުންމީދެއް ލިބިފަ އެވެ.
މުބާރާތުގައި، މާދަމާ ބައްދަލު ކުރާނީ، ރާއްޖެއާ ތުރުކްމުނިސްތާން އެވެ. އެމެޗުން ތުރުކްމުނިސްތާން މޮޅު ވެއްޖެނަމަ އެ ޓީމަށް ފައިނަލުގެ ޖާގަ ޔަގީން ވެގެން ދާނެ އެވެ. ފައިނަލުގެ ފުރަތަމަ ޖާގަ ލިބޭނީ އެންމެ ގިނަ ޕއޮިންޓް ހޯދާ ޓީމަކަށެވެ. ދެ ވަނަ ޖާގަ ލިބޭނީ ދެ ވަނަ އާއި ތިން ވަނަ ތީމު ކުޅޭ ސެމީ ފައިނަލު މެޗުން ނެވެ.