ކުޅިވަރު

މެޗަކުން މޮޅު ނުވެ ރާއްޖެ ކަޓައިފި، ތުރުކްމުނިސްތާން ފައިނަލަށް

Mar 26, 2017

އަމިއްލަ ގައުމުގައި ކުރިއަށްދާ، އޭޝިއާގެ ސެންޓާރަލް ޒޯން ފިރިހެނުންގެ ވޮލީބޯޅަ މުބާރާޓުގައި އެއްވެސް މެޗަކުން މޮޅު ނުވެވި ރާއްޖެ މުބާރާތުން ކެޓިއރު، މިއަދު ރާއްޖެ ބަލިކޮށް، ކުޅުނު ތިން މެޗުވެސް ކާމިޔާބު ކޮށް އެއް ވަނަ ޓީމުގެ ގޮތުގައި ތުރުކްމުނިސްތާން ފައިނަލަށް ދަތުރު ކޮށްފި އެވެ.

މިއަދު ރާއްޖެ ތުރުކްމުނިސްތާނާ ދެކޮޅަށް ކުޅުނު މެޗުން ބަލިވީ ސީދާ ތިން ސެޓުން ނެވެ. މި މުބާރާތުގައި ކުޅުނު ތިން މެޗުގެ ތެރެއިން ރާއްޖެ އަށް ހޯދުނީވެސް އެންމެ ސެޓެކެވެ. އެއީ ނޭޕާލާ ދެކޮޅަށް ކުޅުނު މެޗުގައި އެކަންޏެވެ.

މުބާރާތުގެ ގަވާއިދު ހަމަޖެހިފައިވާ ގޮތުން ފައިނަލުގެ ފުރަތަމަ ޖާގަ ލިބޭނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށެވެ. ތުރުކްމުނިސްތާނަށް ފައިނަލުގެ ޖާގަ ޔަގީން ވީ އެހެންވެއެވެ.

ފައިނަލުގެ ދެ ވަނަ ޖާގަ ހޯދަން ކުޅޭ ސެމީ ފައިނަލު މެޗުގައި ބައްދަލު ކުރާނީ، ދެ ވަނަ ޓީމާ ތިން ވަނަ ޓީމެވެ. ރާއްޖެ ކެޓުމުން، އެ މެޗުގައި ބައްދަލު ކުރާން ޖެހޭނީ ނޭޕާލާއި ކިރިގިސްތާނެވެ. އެ މެޗު އޮންނާނީ އަންގާރަ ދުވަހު އެވެ. އޭގެ ކުރިން، ގުރޫޕް ސްތޭޖްގައި ނޭޕާލާ ކިރިގިސްތާން ބައްދަލު ކުރާ މެޗު މާދަމާ ހަވީރު އޮންނާނެ އެވެ.

މިއަދުގެ ސެޓޤތައް ތުރުކްމުނިސްތާން ކާމިޔާބު ކުރީ 25-22، 25-15 އަދި 25-20 ން ނެވެ.