ރާއްޖެ ކުޅިވަރު

ގައުމީ ޓީމުގެ މެނޭޖަރަކަށް މޯ ހަމަޖައްސައިފި

Mar 27, 2017

ގައުމީ ޓީމުގެ އާ މެނޭޖަރަކަށް ޓީސީ ސްޕޯޓްސް ކްލަބްގެ މެނޭޖަރު އަދި އެފްއޭއެމް އެކްސްކޯގެ ކުރީގެ މެމްބަރު މުހައްމަދު އީސަ (މޯ) މިއަދު ހަމަޖައްސައިފި އެވެ.

ޓީސީގެ އިސް އޮފިޝަލެއްގެ ގޮތުގައި ފާހަގަ ވެފައިވާ މޯ އަކީ ދާދި ފަހުން ބަންްގްލަދޭޝްގައި އޮތް ޝޭހު ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕް ޓީސީން ކާމިޔާބު ކުރިއިރު، އެ ޓީމުގެ މެނޭޖަރެވެ. އަދި އަހުމަދު ތޯރިގް (ޓޮމް) އެފްއޭއެމްގެ ރައީސަކަށް ހުންނެވިއިރު، މޯ އަކީ އެފްއޭއެމް އެކްސްކޯގެ މެމްބަރެކެވެ.

މިއަދު ހަވީރު އޮތް ގައުމީ ޓީމުގެ ފަރިތަކުުރުންތައް ފެށުމުގެ ކުރިން، އެފްއޭއެމް އިން ވަނީ ގައުމީ ޓީމުގެ އާ މެނޭޖަރުގެ ގޮތުގައި މޯ ޓީމުގެ ކުޅުންތެރިންނަށް ތައާރަފްކޮށްފަ އެވެ.

ކުޅުންތެރިންނާ ވާހަކަ ދައްކަމުން ޖަވާ ބުނީ އެފްއޭއެމް އިން ބޭނުންވީ ފުޓްބޯޅަ އަށް ވަގުތު ދެވޭނެ މީހަކު މެނޭޖަރަކަށް ގެންނަން ކަމަށާއި މޯ އަކީ ފުޓްބޯޅަ އަށް ވަގުތު ދެވޭނެ، ފުޓްބޯޅައިގެ މީހެއް ކަމަށެވެ.

ކުޅުންތެރިންނާ ވާހަކަދައްކަމުން މޯ ބުނީ އޭނާ އަށް ހުރިހާ ކުޅުންތެރިންގެ ސަޕޯޓް ބޭނުންވާނެ ކަމަށެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި މާދަމާ ރޭ ފަލަސްތީނާ ދެކޮޅަށް އަމިއްލަ ދަނޑުގައި ރާއްޖެ ނުކުންނާނެ އެވެ.