ކްރިމިނަލް ކޯޓް

މީޑިއާގެ އެންމެނަށް މިހާރު ޝަރީއަތްތަކަށް ވަދެވޭނެ: ކްރިމިނަލް ކޯޓު

ކުރިމިނަލް ކޯޓު ބޭރުގައި ނޫސްވެރިންތަކެއް: ކޯޓަށް މިހާރު ވަދެވާނެ - އަހުމަދު ޝުރާއު \ އަވަސް
0%
0%
0%

ކްރިމިނަލް ކޯޓުގެ ޝަރީއަތްތަކަށް މީޑިއާގައި ހިމެނޭ ހުރިހާ ނޫސްވެރިންނަށް ވެސް ވަދެވޭނެ ކަމަށް އެ ކޯޓުން މިއަދު ބުނެފި އެވެ.

އެ ކޯޓުން މިއަދު އެހެން ބުނިއިރު އިއްޔެ އެ ކޯޓުގެ ރިސެޕްޝަނުން ވަނީ "މިހާރު" ނޫހުގެ އެއްވެސް ނޫސްވެރިންނަށް ވަކި ގޮތެއް އަންގަންދެން ކުރިމިނަލް ކޯޓުގެ އެއްވެސް ޝަރީއަތަކަށް ނުވަދެވޭނެ ކަމަށް ބުނެފަ އެވެ.

މިކަމާ ގުޅިގެން އިއްޔެ ކްރިމިނަލް ކޯޓުން ރަސްމީ ގޮތެއްގައި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. އަދި "މިހާރު" ނޫހުގެ ނޫސްވެރިން ޝަރީއަތްތަކަށް ވަނުން މަނާކުރި ސަބަބެއް ވެސް ނޭނގެ އެވެ.

ކޯޓުގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު މަނިކު މިއަދު އަވަސްއަށް ވިދާޅުވީ، އެ ކޯޓުގެ ޝަރީއަތްތަކަށް މިހާރު ހުރިހާ ނޫސްވެރިންނަށް ވެސް ވަދެވޭނެ ކަމަށެވެ. ނަމަވެސް އިއްޔެ "މިހާރު" ނޫހުގެ ނޫސްވެރިން ނުވައްދަން ނިންމި ސަބަބާ ގުޅޭ ގޮތުން އެއްޗެއް ވިދާޅެއް ނުވެ އެވެ.

ކުރިމިނަލް ކޯޓުން މީގެ ކުރިން ވެސް ބައެއް ނޫސްތަކުގެ ނޫސްވެރިން ޝަރީއަތްތަކަށް ނުވައްދަން ނިންމާފައިވެ އެވެ. އެއީ އެ ކޯޓުގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފްގެ ފޮޓޯއެއް ނެގި މައްސަލާގަ އެވެ. ފަހުން ވަނީ ހުރިހާ ނޫސްވެރިންނަށް ވެސް ވަދެވޭ ގޮތަށް ނިންމާފަ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޤުއްޓޭ

އޮހޯ! މިވީ ކިހިނެތްބާ! ކޯޓުތަކުގެ އިތުބާރު ރައްޔިތުންގެމެދުގައި ހޯއްދަވަންތޯ މި އުލުއްވަނީ. ނޫން ތިކަމުގެވެސް އަޑީގައި ކޮންމެވެސް ސިއްރު ތަކެއްވާނެ. އަނެއްކާ އަންނިގެ މައްސަލަ އާއި އަދި ސީޕީ ރިޔާޒް ގެ މައްސަލަތަކާއި ގުޅިގެން ކަމަށް ތިވާނީ. ގެއްލުނު އިތުބާރެއް ދެނެއް ނުހޯދޭނެ. ސޮރީ.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345