އެމްއެންޑީއެފް

މާދަމާ އިންޑި އާއި ދިވެހި ސިފައިންގެ ހަރަކާތްތަކެއް ދައްކާލާނެ

Mar 29, 2017
3

ރާއްޖޭގައި ބަނދަރު ކޮށްފައިވާ އިންޑިއާގެ ތިން މަނަވަރެއްގެ ސިފައިންގެ ހާއްސަ ހަރަކާތްތަކެއް މާދަމާ ދައްކާލަން ހަމަޖައްސައިފި އެވެ.

ރަހުމަތްރިކަމުގެ ދަތުރެއްގައި އިންޑިއާގެ ތިން މަނަވަރު ރާއްޖެ އައިސްފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ. އެމްއެންޑީއެފްއިން މިއަދު ބުނީ، މާދަމާ އިންޑިއާގެ ސިފައިންގެ ހަރަކާތްތަކެއް ޖުމްހޫރީ މައިދާނުގައި ކުރިއަށް ގެންދާނެ ކަމަށެވެ. އެއީ އާންމުކޮށް ހުޅުވާލައިގެން ބާއްވާ ހުށަހެޅުންތަކެއް ކަމަށް ވެސް ބުންޏެވެ.

އިންޑިއާ ސިފައިންގެ ހަރަކާތްތަކުގެ އިތުރުން އެމްއެންޑީއެފްގެ ބޭންޑްގެ ހުށަހެޅުންތަކެއް ވެސް މާދަމާ ޖުމްހޫރީ މައިދާނުގައި ހަވީރު 4:00 ން 6:00 ށް އޮންނާނެ އެވެ.